ކޮވިޑް-19އާ ގުޅިގެން ފޭސް މާސްކް ވެފައި ވަނީ އަހަރުމެން އެންމެންވެސް ބޭނުން ކުރަން މަޖުބޫރުވެފައެވެ. މިހާރު އެކި ޒާތްޒާތުގެ އެކި އެއްޗެހީގެ މާސްކް ބޭނުން ކުރެއެވެ. އެގޮތުން އިންޑޮނޭޝިއާގެ ޕާކިންގ އެޓެންޑެންޓް ނެންގަހް ބުޑިއާސާ 44އ، ވެސް ބޭނުން ކުރީ ތަފާތު މާސްކެކެވެ. އޭނާގެ މާސްކް ހަދާފައި ވަނީ ނާށިންނެވެ.

އޭނާގެ އަޅައިގެން ހުރި މާސްކްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައެވެ. އެކަން ވެގެން ދިޔައީ އޭނާ ކާރު ޕާކިންގގެ ކަންތައް މެނޭޖް ކުރަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންނެވެ.

މިއާއެކު ކޮވިޑް-19އާ ގުޅިގެން ބާލީ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯނުލަނބާ ކަމަށް ބުނެ އޭނާއަށް ވަނީ އަދަބު ދީފައެވެ.

އެ މައްސަލައިގައި ބުޑިއާސާ ޖޫރިމަނާކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާއަށް ވަނީ އަދަބެެއް ދީފައެވެ. އޭނާއަށް ދިން އަދަބަކީ ޕުޝް-އަޕް ހެދުމެވެ.

ފުލުހުން ބުނެފައި ވަނީ، ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަަކަށް އޭނާ އަމަލުކޮށްފައިވީނަމަވެސް، އޭނާ އަޅައިފައިވާ މާސްކް ހުރީ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ.

މީގެ ކުރިންވެސް އިންޑޮނޭޝިއާގައި ތަރުކާރީ އާއި މޭވާ ބޭނުންކޮށްގެންވެސް މާސްކް ހަދައިގެން ބޭނުންކޮށްފައި ވެއެވެ.