ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އަދި އަހްމަދު މުއާޒް (ކުޑަމުއާ) އަށް ދަރިއަކު ލިބުންކަމުގެ އުފާވެރި ހަބަރު އިވިގެން ދިޔައީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. ލަމް އަކީ މީސް މީޑިއާގައި ވަރަށް އުޅޭ ފަންނާނަކަށް ވާއިރު، ވިހެއުމުގެ އުފާވެރި ހަބަރާއެކު އިންސްޓަގްރާމް ޕޯސްޓުތަކާއި ސްޓޯރީތައް މެދުވެރިކޮށް އެތައް ބަޔަކު ވަނީ ލަމްއަށް މަރުހަބާ ކިޔާފައެވެ.

ވިހެއުމުގެ ފަހުން މީސް މީޑިއާގައި ލަމް ފޮލޯކޮށްފައިވާ މީހުންނާއި ލަމްގެ ފޭނުންނަށް ފުރަތަމަ ލަމްގެ ފެނިލުން ފެނިގެންދިޔައީ އޭނާގެ ކޮއްކޮ އިންސްޓަގްރާމަށް ލި ސްޓޯރީއަކުންނެވެ. ކުއްޖާ އުރާލައިގެން ހޮސްޕިޓަލުގެ އެނދެއްގައި ލަމް އިށީންދެލައިގެން އިންނަ މަންޒަރު އެ ސްޓޯރީއިން ފެނިގެންދެއެވެ.

ލަމް އަލަތު ދަރިފުޅަށް ބަލިވެއިންކަން އެނގުނު ހިސާބުން ފެށިގެން މާބަނޑު ހަޔާތުގެ އެކި ސެމިސްޓާތަކުގެ ފޮޓޯތައް އައީ އިންސްޓަގްރާމުގައި ހިއްސާ ކުރަމުންނެވެ. އަލަތު ދަރިފުޅު އުފަންވުމުގެ ކުރިން އެކަމަށް ކުރިޔާލާ ތައްޔާރުވަމުންދިޔަކަން ލަމްގެ މީސް މީޑިއާ އެކައުންޓްތައް ފޮލޯކުރާ ފަރާތްތަކަށް އެނގިގެން ދާނެއެވެ.

އިންސްޓަގްރާމުގައި ވިހެއުމުގެ ހަތަރު ދުވަސްވަރު ކުރިން ލަމް ކޮށްފައިވާ ޕޯސްޓެއްގައި މާބަނޑު ހަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާ ކަމަށާއި، މި ދުވަސްތަކުގައި ކުރެވެމުންދަނީ ތަފާތު އިހުސާސެއް ކަމަށް ބުނެފައިވެއެވެ. އަދި ލިބެން އުޅޭ ދަރިފުޅުގެ ޖިންސު ބަލާހިތުންވެސް ކެތްނުވާކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަ

    ސާބަސް، ވިހޭ ގަޑީގަވެސް ފޮޓޯ އާ ވީޑިއޯ ނަގާފައި އާންމުކުރި ނަމައެއްނު، ދެއްކިގެން މަޝްހޫރުކަން ހޯދަން އުޅޭ އަންހެނެއް

    89
    6
  2. ލަންސިމޫ

    ކިހާ ދެރަކަމެއް މީއަޅެ ލަމްއަށް ބަލަދު އަރާ ނޫހެއްތަ....

    45
    2
  3. ާާާޢަލީ

    ބޯހަލާކު ތިވެސް މުސްލިމުން އުޅޭގޮތްތަ؟؟
    ލަދުން ވެސް ހަލާކު..ކާފަރުން ކުރަންޏާ ކޮއްމެ ކަމެއްވެ ރ ރީތިވެގެން ކުރާ

    27
    2
  4. ކަލޯ

    އައުރަ ނިވާނުކުރާ އަންހެނަކު ޕްރޮމޯޓު ކުރުމުގަ އަވަދިނެތި ވަގުތު ނޫހުގެ މީހުން!!
    ޙެޔޮނުވާނެ!!!

    9
    1
  5. ރުހިމާ

    އޭނަ ކައިރީ އަޅެ އަހާލަދީބަ ތިޔައީ އޭނަގެ ކިތައްވަނަ ދަރިތޯ؟

    • މަ

      ކިހިނެއްވި ތިހެން ތި ބުނީ ، ލަމްގެ ފުރަތަމަ ދަރިއެއީ!
      އަޅެ އެހެން ނޫންތޯ؟؟؟؟

    • މަ

      ކިހިނެއްވި ތިިހެން ތި ބުނީ،ފުރަތަމަ ދަރިޔޭ އެއީ ލަމްގެ!!! އަޅެ އެހެން ނޫންތޯ؟؟؟

      1
      1
    • ޜަސް

      ދެލޯފުޅާ ސަތޭކަ ވަނަ ވިޔަސް ކިއްތަ،؟؟

  6. ސަޓޯ

    އަހަރެމެނަށް ކީއް..