ސިޔާސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ދިވެހި އަންހެނަކު އިންނަން އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ފިރިހެނަކު ހޯދަން އިއުލާނު ކޮށްފިއެވެ.

އެތައް ދިވެހިންނަކަށް ހަޔާތުގެ ބައިވެރިއަކު ހޯދައިދިނުމަށް އެހީތެރިވަމުން އަންނަ ކައިވެނި ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އަންހެން މީހާ އަކީ މީގެ ކުރިން ކައިވެންޏެއްކޮށް ވަރިވެފައިވާ ދަރިއަކުހުރި 29 އަަހަރުގެ އަންހެނެއް ކަމަށެވެ.

އަދި ސިޔާސީ ދާއިރާއެއްގައި މަސައްކަތް ކުުރަމުން އަންނަ ރަށަށް ހިދުމަތްތަކެއް ކޮށްދިނުމަށް ފަސް އަހަރުގެ ދައުރެއް ހަމަކުރަން ހުވައެއް ކޮށްގެން ހުރި މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ، އޭނާ ބޭނުންވަނީ 30 އަހަރަށްވުރެ ދަށުގެ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ފިރިހެނެއް ކަމަށެވެ.

އަދި އެ މީހާ އަކީ އޭނާގެ ސިޔާސީ ކެރިއަރަށް ހުރަސް އަޅާނެ މީހަކަށް ވެގެން ނުވާނެ ކަމަށާއި، ގެވެހި ފިރިއަކަށް ވާން ޖެހޭނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކައިވެނި ޕޭޖު މެދުވެރިކޮށް ރާއްޖޭގެ އެތައް ބަޔަކު ވަނީ ހަޔާތުގެ ބައިވެރިއަކު ހޯދައި، ރީތި ދިރިއުޅުމެއް އުޅެން ފަށައިފައެވެ. މި ޕޭޖުތަކަކީ ދިވެހިންގެ މެދުގައި މަގްބޫލު ޕޭޖުތަކަށް ވެފައިވާއިރު، މިހާރުވެސް ބައިވެރިއަކު ހޯދަން އެތައް ބަޔަކު މި ޕޭޖުގައި ޕޯސްޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ައައިޝާ

    ކައިޒީން ތަ ތީ އަނެއްކާ

    12
    3
    • ރާބުޅާ

      ކައިޒީންގެ ދަރިއަކު ހުރޭތަ؟؟މީނަގެ ދަރިއަކު ހުރެޔޭ..

      12
  2. އަބުދު

    މީހަކާ އިނދެގެން ނޫޅެވޭނެ.

    15
    2
  3. ތޭންކްސް

    ބަޓް ނޯ ތޭންކްސް

    16
    1
  4. ކޮތަރު

    މި ކަނބުލޭގެ ހަތްދެވަލު ވިއްސިފަ ގެއަށް އަންނަ އިރަށް ގޭތެރެ ފޮޅާ ސާފުކޮށް އިރުން އިރަށް ކައްކާ މޭޒުމައްޗަށް ވަތްކޮށްގެން ހުންނާނެ ގެވެހި ފިރިއެއް ދޯ އެހޯދަނީ.

    18
    • ދަރުކޭސް

      އަންހެނުންވެސް ހަމަ އެއްހާލެއްގަ އެކަމަކު ފިރިހެނަކު ކުރުރަންވީމަ މައްސަލައަކަށް މިވަނީ އޭނައެބުނާ ބަހުގެ މާނައަކީ ގޭތެރެ ކަންކަން ކުރަން އަބަދު ގޭގަ ހުރުން ކަމުގައި ނުވެދާނެ އެކަމަކު ބައެއްފަހަރު ކާތަށި ދޮވެލާ ގަމީސް އިސްތިރިކޮއްލާ ވާހަކަ ކަންނޭގެ އެބުނަނީ.

      4
      2
  5. ޢަލީ

    މުޑުދާރު ކައިވެންޏެއް. ކައިވެންޏެއްގެ ޝަރުޠުތަކު ނޯވޭ ތި ޔައިން އެއްވެސް ކަމެއް. ކުއްޖާގެ ބައްޕަ އެއްލާލީ ސިޔާސީ ވެގެން. ތިޔަ ވަޒީފާ ގެއްލޭނެ. ބައްޕައެއް ހޯދައެއް ނުދެވޭނެ. ޢަންހެން މީހާ ގެވެހިވަންޖެހެނީ. ޅަފިރިހެނުން ހޯދަން އުޅުންވެސް ތީ ގޯސްވިސްނުމެއް

    18
  6. ރުބޭލު

    ގެވެހި ފިރިއެއް ހޯދަންޔާ ބަންގާޅިއެއް އެބައުޅޭ ވަރަށް ފައްކާ

    21
  7. މަސްކް

    ގެވެހި ފިރިހެނެކޯ. ސުބުހާނައްﷲ. ގިޔާމަތް ވުމުގެ އަލާމާތް ތިހިރަފެންނަނީ. ޢަހަރުމެން ބޭނުމެއްނޫން.

    20
    1
  8. ސަމްކުޅިބޭ

    ސުރުޚީގައި އޮންނަންވީ އަނބިދަށުވެގެން އުޅޭނެ ފިރިއަކު ބޭނުންވެއްޖެ. މިގޮތަށް. ގެވެހި ފިރިހެނެކޭ ބުނުމުން ދޭހަވަނީ ގޭތެރޭގެ ހުރިހާމަސައްކަތެއްކޮށް ކައްކާ އެއްޗެތިދޮވެ ކުނިކަހާ ދަރިން ބެލުމުގެ ހުރިހަކަމެއް ކުރުން.

    8
    1
  9. ރައްޔިތުމީހާ

    ގޭގައި އޮވެގެން ހޭހަންކޮށްދޭނެ ފިރިހެނަކު ހޯދާ މީހެއް ... ގެވެހި ފިރިހެނެކޯ ބޭނުމީ ... ގެވެހި އަންހެނެކޭ ބުނީމާ ގޯސްވާނީ

    7
    1