ކެނެޑާގެ ވެންކައުންގެ ފުލުހެއް 17 އަހަރުގެ ކުއްޖަކަށް ބޮސް ދެވުމުން މާފަށް އެދިއްޖެއެވެ.

މިކުއްޖާއަށް ބޮސް ދީފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ބެހޭ ފުލުހުންގެ ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދާ ޖޭމްސް ފިޝަރ ނަމަކަށް ކިޔާ ފުލުހެކެވެ.

ޖޭމްސް މިމައްސަލައިގައި ކޯޓްގައި މިކުއްޖާ ކުރެންވަނީ މަޢާފަށް އެދިފައެވެ. ޖޭމްސް ބުނެފައިވަނީ އޭނާއަށް މިކަމުގައި ދެއްކޭނެ އިތުރު ބަހަނާއެއް ނެތް ކަމަށާއި މިގޮތަށް މިކަން ދިމާވުމުން ވަރަށް ލަދުވެތިވާ ކަމަށާއި ނިހާޔަތަަށް މަޢަާފަށް އެދޭ ކަމަށެވެ.

ޖޭމްސްގެ މައްޗަށް ކުޑަ ކުއްޖަކަށް މިފަދަ ގޮތަކަށް އަމަލު ކުރުމުގެ ކުށުގައި 90 ދުވަހުގެ ޖަލު ހުމެއް އަންނާނެއެވެ.

މި 17 އަހަރުގެ ކުއްޖާ ފުލުހުންނަށް ހާޒިރު ކުރުމުން ބުނެފައިވަނީ މި ފުލުސް މީހާ މިކުއްޖާއާ 3 ފަހަރު ބޮސްދީފައިވާ ކަމަށާއި މިކަމުގެ ސަބަބަބުން މިކުއްޖާއަށް ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިކުއްޖާ އިތުރަށް ބުނެފައިވަނީ މިފުލުސްމީހާގެ އަމަލުގެ ސަބަބަުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލިއްޖެ ކަމަށާއި އެއްވެސް ކަމެއްގައި ފުލުހުންގެ އެހީތެރިކަމެއް ހޯދަން ބޭނުން ނުވާ ކަމަށެވެ.

މިކުއްޖާއަށް ޖޭމްސް ބޮސްދީފައިވަނީ ޑްރަގް ބޭނުން ކުރުމުގެ މައްސަލައެއްގައި މިކުއްޖާ ހައްޔަރު ކުރުމަށްފަހު ތަޙްޤީޤްގައެވެ. ޖޭމްސްއަކީ 29 އަހަރުގެ މީހެކެވެ. މިކުށުގައި މިމީހާވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު