ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ބޮލީވުޑުގެ އިތުރުން ހޮލީވުޑުގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ރަހުމަތްތެރިޔާ ބަތަލާ ލާރާ ދައްތާގެ 21 އަހަރުގެ ރައްޓެހިކަން ލަންޑަންގައި ފާހަގަ ކޮށްފިއެވެ.

ޕްރިޔަންކާ އާއި ލާރާގެ 21 އަހަރުގެ ރައްޓެހިކަމުގެ ގުޅުން ފާހަގަ ކުރުމަށް ލަންޑަންގައި ތިބިއިރު، އެ ދެ ބަތަލާއިން ވަނީ އިންސްޓަގްރާމްގައި އެ ދެމީހުންގެ އިތުރުން ލާރާގެ އަންހެން ދަރިފުޅު ސައިރާ ބުޕައްތީ އާއި އެކީ ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.

އިންސްޓަގްރާމްގައި އެ ފޮޓޯ ހިއްސާ ކުރަމުން ޕްރިޔަންކާ ބުނެފައިވަނީ ރައްޓެހި ކަމުގެ ގުޅުމަށް 21 އަހަރު ދުވަސް ވެފައިވާ ކަމަށާއި އަދިވެސް އިތުރު ދުވަސްތައް ގުނަމުން އަންނަ ކަމަށެވެ.

ލާރާ އާއި ޕްރިޔަންކާ އެންމެ ފުރަތަމަ ދިމާވެފައިވަނީ 2000 ވަނަ އަހަރު މީސް އިންޑިއާގެ ތެރެއިންނެވެ. އޭރު ލާރާ ވަނީ މިސް އިންޑިއާގެ އިތުރު މިސް ޔުނިވާސްގެ ތާޖު އެއަހަރު ކާމިޔާބު ކޮށްފައެވެ. އަދި ޕްރިޔަންކާ އަށް ވަނީ މިސް އިންޑިއާގެ ރަނަރަޕްކަން ލިބިފައެވެ.

އޭގެ ފަހުން އެދެ ބަތަލާއިން ވަނީ 2003 ވަނަ އަހަރު އަކްޝޭ ކުމާރުގެ ފިލްމެއް ކަމަށްވާ "އަންދާޒް" އިން ވެސް ފެނިގެން ގޮސްފައެވެ. އަދި އޭގެ ފަހުން އެކި އެކި ފިލްމު ތަކުން ދެ ބަތަލާއިން ފެނިގެން ދިޔައެވެ.

ޕްރިޔަންކާ ވަނީ ރަހުމަތްތެރި ކަމަކީ ގަދަފަދަ ބާރެއް ކަމަށް ބުނެފައެވެ. އަދި އޭނާ އާއި ލާރާގެ ރަހުމަތްތެރިކަމުގެ ގުޅުން ވަރުގަދަ ކަމަށާއި ކޮންމެ ވަގުތަކު ވެސް ދެމީހުން ފެނުނަސް އެކަން އެނގިގެން ދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ކޮބާ ސުނިޔަންކާ ؟؟؟؟؟ އޭނާގެ.................ފާހަނގަ ނުކުރަނީތަ؟؟