އިންޑިޔާގައި ހިނގާ އެތައް ގިނަ ރަހުމުކުޑަ މަރުތަކުގެ ވާހަކަތަކަކީ ވަރަށް ގިނައިން އަޑުއިވޭ ވާހަކަތަކެކެވެ. އަންހެނުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނަށް ރަހުމުކުޑަ އެތައް އަނިޔާތަކެއް ދަނީ ލިބެމުންނެވެ.

އިންޑިޔާގެ މަހަރާޝްތުރާގެ މައިދައިތައެއް ވެސް ވަނީ މިފަދަ އަނިޔާތަކެއްގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައެވެ. ދަރިފުޅުގެ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތަކަށް ކެތްނުވެގެންނެވެ.

ވިލޭ ޕާރލޭގެ ފުލުހުން ބުނާ ގޮތުގައި މި ފިރިހެން މީހާ ވަނީ އޭނާގެ މައިދައިތައަށް ވަރަށް އަނިޔާ ކޮށްފައެވެ.

''ތަށިމުށިތަކަކުން ބޮލަށް އެތައް އަނިޔާއެއް ދިނުމަށް ފަހު އެތައް ފަހަރަކު ވަނީ އޭނާގެ ގަޔަށް ވަޅި ވެސް ހަރާފައި. މީގެއިތުރުން ''ބެމްބޭ ސްޓިކް'' އެއް ޖިންސީ ގުނަވަނުގެ ތެރެއަށް ވައްދާ ހަށިގަނޑުގެ އެތެރޭގެ ގުނަވަނެއް ވެސް ވަނީ ބޭރަށް ނެރެފަ. މި މައްސަލަ ވަނީ މީގެ ހަ ދުވަސްކުރިން ބަލަން ފަށާފައި'' އިންޑިޔާގެ ނޫޙަކަށް ދިން އިންޓަވިއުއެއްގައި ފުލުހުން ބުނެފައިވެއެވެ.

މި ފިރިހެން މީހާ ވަނީ މީހެއްގެ ކަރުގަ އަޅާ ފަށެއް އަތުލުމުގެ ތުހުމަތުގައި ތިން އަހަރަށް ޖަލަށް ލާފައެވެ. އޭނާ ސަލާމަތް ވެގެން ނިކުތީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ޖަލުން ސަލާމަތްވުމަށް ފަހު އަނބިމީހާއާއި ބައްދަލު ކުރުމަށް ގެއަށް ދިޔައިރު އަނބިމީހާ ވަނީ އެހެން މީހަކާއި އިނދެގެން ބަނޑުބޮޑު ވެފައެވެ. އެމީހާ ކައިރިއަށް އެނބުރި އައުމަށް ވަރަށް އާދޭސް ކުރިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އެގެއަށް ދިޔައިރު އޭނާގެ އަންހެން ވަނީ އެގެއަކު ނެތެވެ.

އަންހެނުންވީ ތަނެއް ބުނެދިނުމަށް މައިދައިތަ ދެކޮޅު ހެދުމުން މައިދައިތަ މަރައިލިކަމަށް ފިރިހެން މީހާ ވަނީ އެއްބަސްވެފައެވެ.

މައިދައިތަ މަރައިލުމުގެ މައްސަލައިގައި މި މީހާ ވަނީ އަނެއްކާ ވެސް ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޤަޟާ ޤަދަރު ؟

    ކިހާ ދެރަ

    11
  2. ރަން ރީނދޫ

    ތި ވާނީ ކުރީ ސަރުކާރުގެ ކަމަކަށް

    10
    5