އުތުރު ކޮރެއާގެ ލީޑަރު ކަމުގައިވާ ކިމް ޖޮންގް އުން އާ އެއްގޮތަށް މީހެއްގެ ބޮލުގެ އިސްތަށިގަނޑު ކޮށާލުމުން އެކަން ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފިއެވެ.

ބޯކޮށައިދޭ މީހެއްގެ ގާތަށް ގޮސް ކިމް ޖޮންގް އުންއާ އެއްވައްތަރަށް ބޯކޮށައިދޭން މީހަކު ބުނާ ވީޑިއޯއެއް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ބޯކޮށައިދޭ މީހާ އެމީހާގެ އިސްތަށިގަނޑަށް ގެނައި ބަދަލުން އަޖައިބު ކުރުވީ އެމީހާ އެކަންޏެއް ނޫނެވެ. އެ ވީޑިއޯ ބަލައި ކޮންމެ މީހަކު ވެސް މެއެވެ.

ބޮލުގެ އިސްތަށިގަނޑު ކޮށައި ނިންމާލުމަށް ފަހު ކުރި ވީޑިއޯގައި އެމީހާ ހީވަނީ ހަމަ ކިމް ޖަންގް އުން ހެންނެވެ. ބޯކޮށަން ދިޔަ މީހާ އާއި ބޯ ކޮށައިދިން މީހާގެ ހިނިގަނޑު މައިތިރި ނުވެއެވެ. އެ ދެމީހުންގެ ވައްތަރު ކަމުންނެވެ.

މި ވީޑިއޯ ވަނީ 40،000 އަށް ވުރެ ގިނަ މީހުން ބަލައިފައެވެ. އަދި އެތައް ބަޔަކު ކޮމެންޓް ކޮށްފައިވާ މި ވީޑިއޯއަށް ގިނަ މީހުން ކޮށްފައިވާ ކޮމެންޓުގައި ވަނީ އެމީހާގެ ރައްކާތެރިކަމާއި، ދެން ވެދާނެ ގޮތަކާ މެދު ވާހަކަ ދައްކައިފައެވެ.

އޭނާއަށް ރަނގަޅަށް ބެލުމަށާއި ސްނައިޕަރެއްގެ ޝިކާރައަކަށްވެ ހަމަ އަސްލަށް ވެސް މަރުވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ކޮމެންޓްގައި ލިޔެފައިވެއެވެ.

ބޯ ކޮށައިދިން މީހާ ވެސް އޭނާގެ މަސައްކަތަށް ހީ ހެދި ކަމަށާއި ރޮކެޓަކަށް ވުރެ އަވަހަށް އޭނާގެ ހެއަރ ސްޓައިލް ދަތުރު ކުރާނެ ކަމަށް ވެސް ބައެއް މީހުން ކޮމެންޓުގައި ލިޔެ ޖޯކު ޖަހާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜަނާ

    ކޮބާހޭ ވީޑިއޯ

    12
  2. ތައިލޭންޑް ގެ ލީޑާރ "ތޮމް ޔަމް ސޫޕް"

    "އަ ޓޮރޯލް އިން ސެންޓާ ޕާރކް"ކާރޓުން ގަ އުޅޭ "ސްޓޭންލީ" އާ ވައްތަރު ގޮލައެއް ތީ.