ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އަކީ އެންމެ ގިނައިން ރާއްޖެ އަންނަ ފަންނާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ރާއްޖެ އައިސް ރާއްޖޭގެ އެކި ރިސޯޓްތަކުގައި ވަގުތު ހޭދަކުރާ އިރު، ގނަ ވަގުތުތަކެއް އޭނާ ހޭދަކުރަނީ އަތިރިމައްޗާއި މޫދުގައެވެ.

އެކަމަކު ރާއްޖެ އަކީ ކެޓްރީނާ ޗުއްޓީ ހޭދަކުރަންދާ ހަމައެކަނި ގައުމެއް ނޫނެވެ. މެކްސިކޯ އާއި ނިއުޔޯކަށް ވެސް އޭނާ ވަރަށް ގިނައިން ޗުއްޓީ އަށް ދެއެވެ. މިހުރިހާ ތަނަކަށް ގޮސްފައި ވެސް އަބަދުވެސް ކެޓްރީނާ ބަލަނީ އެންމެ ކައިރީގައި މޫދު އޮތް ހިސާބަކަށް ދެވޭތޯއެވެ. އޭނާ އަކީ މޫދަށް ވަރަށް ލޯބި ކުރާ މީހެއްކަން އޭނާ ވަނީ އިންޓަރވިއުތަކުގައި ހާމަކޮށްފައެވެ.

ދާދިފަހުން ބޮލީވުޑްގެ ޗެނަލް އަކުން އޭނާ ޗުއްޓީ ހޭދަކޮށްލަން އެންމެ ދާހިތްވަނީ ކޮންތަނަކަށްތޯ އެހުމުން އޭނާ ބުނީ ނިއުޔޯކް އާއި މެކްސިކޯ އަދި ރާއްޖެ، މި ތިން ތަނަށް ވެސް އޭނާ ޗުއްޓީ ހޭދަކޮށްލަން އަބަދުވެސް ދާހިތްވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖެ އަށް އެންމެ އަންނަ ހިތްވަނީ ރާއްޖެ އަކީ ހޫނު ގައުމަކަށް ވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާއްމުކޮށް ތަރިން ރާއްޖެ އަންނަ އިރު ކަޅު ވެދާނެތީ ވަރަށް ވިސްނައެވެ. ސަބަބަކީ ފިލްމީ ދާއިރާ އަކީ ފެންނަ ފެނުމާއި ސިފަ މުހިންމު ދާއިރާއަކަށް ވުމުންނެވެ. އަދި އަވީގައި ގިނަ އިރު އުޅުމުން ހަންގަނޑު ކަޅުވުމަކީ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް އަސަރުކޮށްފާނެ ކަމަކަށް ވުމުންނެވެ. އެހެންނަމަވެސް ކެޓްރީނާގެ ޚިޔާލު ވަރަށް ތަފާތެވެ.

އޭނާ ރާއްޖެ އައިސްފިއްޔާ އަވީގައި ކިތަންމެ ވަގުތެއް ވިޔަސް ފޫއްސެއް ނުވެއެވެ. ގިނަ ފަހަރު ކެޓްރީނާ އާއި އެކު އަންނަ މީހުން އޭނާ އަވީގައި އުޅޭ ވަރުން އުނދަނގޫވެގެން އުޅޭ ކަމަށް ވެސް އޭނާ ވަނީ ކުރިން ދިން އިންޓަރވިއުއެއްގައި ބުނެފައެވެ. މީގެ އިތުރުން ކެޓްރީނާ ވަނީ ރާއްޖޭގެ ރީތި ދޮންވެލިގަނޑާއި މޫދަކީ އޭނާ އަށް ތެރަޕީ އެއް ކަހަލަ ކަމެއް ކަމަށް ވެސް ބުނެފައެވެ. އެއީ އޭނާ ގޯސް ފިކުރުތަކާއި ދުރުކޮށްދޭ، ހިތްހަމަޖެހޭ ކަމެއް ކަމަށް ކެޓްރީނާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިންސްމޯކް ސާންޖީ

    ކެޓްރީނާ ބޭނުންނަމަ މިއަށްވުރެ ހޫނު މަންޒިލެއްވެސް އެބަ އޮތް!

    8
    4
    • ކުޑަސަންފަ

      ޢިންޑިއާވެސް ބައެއް ދުވަސްވަރު ރާއްޖެއަށް ވުރެ މާ ހޫނު ގަދަ. ބައެއްފަހަރު ހޫނުމިން 40އަށްވެސް އަރާ .

  2. ީިިިިުިިިިިިިިީ އިބްރާހިމް

    ކެތްރީނާ އައް އަންގާލަދީ މިއައްވުރެ ހޫނުދުވަހެއް އޮތްކަން

    2
    1