ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައި ވާ ކުޅަދާނަ އެކްޓުރެސް ޕުރިޔަންކާ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާކަމަށް އަޑު ފެތުރިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އިންޑިއާގައި ހަފުތާއެއްހާ ދުވަސް ހޭދަކުރުމަށްފަހު ބްރެޒިލަށް ގޮސްފިއެވެ.

އެ ދެތަރިންގެ ލޯބީގެ ވާހަކަ މީޑިޔާގަ ހަލުވިކަމާއެކު ފެތުރެމުންދަނިކޮށް އެދަތަރިން ބުރެޒިލް އަށް ގޮސްފައި މިވަނީ ބްރެޒިލަށް މިހަފުތާ ބަންދުގައި ވިލާމިކްސް ފެސްޓިވަލްގައި ނިކް ޕާފޯމްކުރާތީ ކަމަށްވެއެވެ.

ބުރެޒިލް އަށް ދެތަރިން ގޮސްފައިވާއިރު އިންޑިޔާގަ ދެ މީހުން ހޭދަކުރި މުއްދަތުގައި ވަނީ ޕްރިޔަންކާގެ އާއިލާގެ މެމްބަރުންނާއި ނިކް ބައްދަލުކުރުވުމުގެ އިތުރުން އިންޑިޔާގަ އެ ދެތަރިން ހޭދަކުރި އުފާވެރި ދުވަސްތަކުގެ މަންޒަރުތައް އިންސްޓަގުރާމްގައި ހިއްސާކޮށްފައެވެ.

މީގެއިތުރުން އާކާޝް އަމްބާނީ އާއި ޝްލޮކާ މެހްތާގެ ކައިވެނީގެ ކުރިން ބޭއްވި ޕާޓީއެއްގައި ވެސް ނިކް އާއި ޕްރިޔަންކާވަނީ ބައިވެރިވެފައެވެ.

މީޑިޔާތައް ރިޕޯޓުކުރަމުން ދާ ގޮތުގައި އެ ދެތަރިން ވަރަށްއަަވަހަށް އެންގޭޖް ވާނެކަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ދެން ޅަޅަ ކުއްޖަކާ ؟؟؟ ކަމަކުނުދޭ.

  2. ސޮނީތާ

    ހީވަނީ ދޮޮންތަ ގޮވައިގެން ހުރިިހެން