ދުނިޔޭގެ އެންމެ މުއްސަނދި ޒުވާނާ ކައިލީ ޖެނާ މެޓް ގާލާ އަށް ނުދެވޭތީ ވަރަށް ދެރަވާ ކަން ހާމަކޮށްފިއެވެ.

މީގެ ކުރީ އަހަރުތަކުގައި މެޓް ގާލާ އަށް ގޮސް ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުން ކައިލީ ބުނީ މި އަހަރު މެޓް ގާލާގައި ބައިވެރިނުވެވޭތީ ދެރަވާ ކަމަށާއި މެޓް ގާލާ އަށްދާ އެންމެން ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ކައިލީ ޖެނާގެ އިތުރުން މި އަހަރުގެ މެޓް ގާލާ ގައި ބައިވެރިނުވެވިފައި ވަނީ ޒެންޑަޔާ އަށެވެ. އެއީ ޔޫފޯރިޔާ ޝެޑިއުލް ކުރެވިފައިވާތީއެވެ. މި އަހަރުގެ މެޓް ގާލާގައި މަޝްހޫރު މިފަދަ ތަރިން ނުފެނުމުން މެޓް ގާލާގެ ރަސްމިއްޔާތު އެހާ ހިތްގައިމު ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކާޑޭޝިއަން އާއިލާއިން ކިމް ކާޑޭޝިއަން ވެސްޓް، ކޯޓްނޭ ކާޑޭޝިއަން، ކެންޑެލް ޖެނާ އަދި ކްރިސް ޖެނާވެސް ތިބީ ނިއު ޔޯކް ސިޓީގައި މެޓް ގާލާ އަށް ގޮހެވެ.

ފާއިތުވި ހަފްތާފައި ޖެނާ ބަލިވެއިންކަން ރަސްމީކޮށް ހާމަކޮށްފައިވާ އިރު އޭނާގެ ފޭނުން ތިބީ އެކަމާއި ވަރަށް އުފަލުންނެވެ. ޖެނާ އާއި ޓްރޭވިސް ސްކޮޓްގެ އަދި ހުންނަނީ އެންމެ ކުއްޖެކެވެ. އެއީ އުމުރުން ތިން އަހަރުގެ ސްޓޯމީ ވެންސްޓައެވެ.

ކޮންމެ އަހަރަކުވެސް މެޓް ގާލާ ބާއްވަނީ މެއި މަހުގެ ފުރަތަމަ ހޯމަދުވަހުގައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މި އަހަރު މެޓް ގާލާ ވަނީ ފަސްކޮށްފައެވެ. މި އަހަރުގެ މެޓް ގާލާ ބާއްވާފައި ވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހު ނިއު ޔޯކް ސިޓީގެ މެޓްރޯޕޮލިޓަން މިއުޒިއަން އޮފް އާޓްސް ގައި އެވެ.

 

ކިޔުންތެރިންގެ ހިޔާލު