ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނައިރު، މިދިޔަ ބުދަ ދުވަހު ބްރެޒިލް އާއި ސާބިޔާއާ ބައްދަލުކުރި މެޗު 0-2 ބްރެޒިލް އިން ކާމިޔާބު ކުރުމުން އެ ގައުމަށް ނިސްބަތްވާ އަންހެން ސަޕޯޓަރަކު ސަޕޯޓް ކުރުމުގައި ފޯރިނަގަމުންދަނިކޮށް ރާ ތައްޓެއްގެ މައްޗަށް ވެއްޓި މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޓަމްރާ ނަމަކަށް ކިޔާ އެ ހާދިސާ ހިނގީ މެޗް ނިމުނުކަމުގެ ކަށިގަޑު ފުމެލި ތަނާހެންނެވެ.

އޭނާ އެ މެޗް ބަލަން އިނީ އޭނާގެ ރަހުމަތްތެރިއެއްގެ ގޭގައެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ޓަމްރާ އިނީ ސޯފާގައި އެއް އަތުން ފޯނާ ކުޅެން އަދި އަނެއް އަތުން ރާ ތަށީގައި ހިފަހައްޓައިގެންނެވެ. އަދި އެ މެޗުން ބްރެޒިލް މޮޅުވުމުން އޭނާ ވަނީ އޭނާގެ ރަހުމަތްތެރިންނާއެކު ސޯފާއިން ތެދުވެ އުފާފާޅުކޮށްފައެވެ.

އަދި އޭނާ ވެއްޓޭހެން ހީވާތީ އޭނާ ދިޔައީ އެ މީހުންނާއި ދުރަށެވެ. އެގޮތަށް ދަނިކޮށް އޭނާ އަރިއަޅައިގެން ރާތަށިމައްޗަށް ވެއްޓުނީކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަށި ތަޅައިގެން ގޮސް ވަނީ އޭނާގެ ކަރަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް އައި އެމަޖެންސީ ޓީމުން އެގެއަށް އައިއިރު، ޓަމްރާ އޮތީ މަރުވެފައެވެ.