މީސް މީޑިޔާގައި މީހުންގެ މަގުބޫލުކަން ހޯދުމަށް ނުވަތަ ސަމާލުކަން ހޯދުމަށް ކުރާ ގިނަ ކަންތައްތަކެއްގެ ތެރެއިން އެއް ކަމަކީ ކާނާގެ ތަފާތު ވައްތަރުގެ ދެ ބާވަތް އެއްކޮށްގެން ކެއުމެއް ނުވަތަ ބުއިމެއް ތައްޔާރު ކުރުމެވެ.

ދާދިފަހުން މީސް މީޑިޔާގައި އާއްމުވެގެން ދިޔައީ ޗޮކްލެޓް ބިރިޔާނީއެވެ. ބިރިޔާނީގެ ތެރެއަށް ޗޮކްލެޓް އަޅައިގެން ކާން އުޅުނު މީހަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ޗޮކްލެޓް ބިރިޔާނީއަށް ފަހު މީސް މީޑިޔާގައި އެންމެ ބޮޑަށް ދައުރުވަމުން ދަނީ މެގީ މިލްކް ޝޭކެވެ. މިލްކް ޝޭކެއްގެ މައްޗަށް ކައްކާފައިވާ ނޫޑުލީސް އެއްޗެއް އަޅައިގެން ހަދާފައިވާ ބުއިމެކެވެ.

ޓުވިޓާގައި މެގީ މިލްކް ޝޭކުގެ ފޮޓޯ ހިއްސާ ކޮށްފައިވާ މީހާ ބުނެފައިވަނީ އެ ތަފާތު ކާއެއްޗަށް ދެ މިނިޓް ވަންދެން ބަލަހައްޓައިގެން ހުރުމުން އިންސާނުންނަށް އައިސްފައިވާ ބަދަލުތަކާއި، މުސްތަގުބަލު ފެންނަ ގޮތް ސިފަވާ ކަމަށެވެ.

ޓުވިޓާގައި މި ފޮޓޯ އާއްމު ކުރުމާއި އެކު އެތައް ބަޔަކު މި ފޮޓޯގެ ވާހަކަ ދައްކަން ފެށިއެވެ. އެތައް ލައިކެއް އަދި ކޮމެންޓެއް ލިބިފައިވާ މި ޕޯސްޓު ވަނީ ގިނަ ބަޔަކު ރީޓުވީޓު ވެސް ކޮށްފައެވެ.

މި ފަދަ އެއްޗެހި ފެނުމުން ދުނިޔެ އަވަހަށް ނިމޭނެ ނަމައޭ ހިތަށް އަރާކަމަށް ވެސް ކޮމެންޓެއްގައިވެއެވެ. ނޫޑުލީސް ވެގެންދާނީ ކައްކާއިރު އަޅާ މަސާލާއެއް ކަމަށް ވެސް ކޮމެންޓެއްގައިވެއެވެ.

ބައެއް މީހުންނަށް މި މިލްކްޝޭކު ރަހަ ނުބައިވާނެ ކަމަށާއި އެފަދަ ކަންތައް ކުރަން ނުވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ކޮމެންޓް ކޮށްފައިވެއެވެ.

ނޫޑުލީސް ބޭނުން ކޮށްގެން ތަފާތު ވައްތަރުގެ ކާނާ މީހުން ދަނީ ތައްޔާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަގުތު

    ވަގުތު މީހުން ބުއިންތަ ގަރުދިޔަ މިލްކް ޝޭކް، ރިހާކުރު މިލްކް ޝޭކް، ކުޅިމަސް މިލްކް ޝޭކް، ކުކުޅު ރިހަ މިލްކް ޝޭކް، ހޫނު ފެން މިލްކް ޝޭކް، ލޮނު ފެން މިލްކް ޝޭކް.
    އާނ އެހެންޏަ