ޑިސްކަވަރީ ޗެނަލްގެ ރިއަލިޓީ ޝޯ 'އިން ޓު ދަ ވައިލްޑް ވިތް ބެއާރ ގްރީލްސް' ސީޒަން 2 ގެ އެޕިސޯޑެއްގެ ޝޫޓިންގް ވ.އަތޮޅު ޝިޕްވްރެކް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ފެލިދެއަތޮޅު ކައުންސިލްގެ އިދާރާއިން ހުއްދަ ދީފިއެވެ.

ހުއްދަ ދީފައިވާކަން އާންމުންނަށް އަންގައި އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުގައި ޝޫޓިންގް ކުރިއަށް ގެންދިއުމަށް ހުއްދަ ދެވިފައިވަނީ މިމަހުގެ 17 ވާ ހުކުރު ދުވަހު ކަމަށެވެ. އެހެންކަމުން ވ.އަތޮޅު ޝިޕްވްރެކް ސަރަހައްދު އެދުވަހު ބޭނުންކުރުން އެހެން ފަރާތްތަކަށް މަނާކުރެވިފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވ. އަތޮޅުގެ ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވަމުން އަންނަ މި ރިއަލިޓީ ޝޯ، 'އިން ޓު ދަ ވައިލްޑް ވިތް ބެއާރ ގްރީލްސް'ގެ ރާއްޖޭގައި ޝޫޓިންގް ކުރިއަށް ގެންދަން ނިންމާފައިވާ އެޕިސޯޑުން ބޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި އަޖޭ ދޭވްގަން ފެނިގެން ދާނެ ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އެ ރިޕޯޓުތައް ބުނާގޮތުން 52 އަހަރުގެ ފިލްމީތަރި އަޖޭ މިހާރު ހުރީ ރާއްޖޭގައެވެ.

މަޝްހޫރު ފަންނާނުންގެ އިތުރުން މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވެސް މި ޝޯގައި ބައިވެރިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން 2019 ވަނަ އަހަރު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މި ޝޯގައި ބައިވެރިވެފައެވެ. މޯދީ ބައިވެރިވެފައިވަނީ މި ޝޯގެ އެޕިސޯޑެއް ކަމުގައިވާ ''މޭން ވަރސަސް ވައިލްޑް ވިތު ބެއާ ގްރިލްސް އެންޑް ޕީއެމް މޯދީ'' ގައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޢީދު އަލް މާލްދީފީ

    ކޮބާ! އެއްކަލަ ގެރީގެ އަޅުން އަންނަނީދޯ. އެ މީހުންނަކީ ޖަނަވާރުންގެ އަޅުން. އިންސާނުންގެ އަޅުންނެއްވެސް ނޫން. ޖަނަވާރުންގެ އަޅުން. އަމިއްލަ އަތުން ބުދު ހަދާ އެޔަށް އަޅުކަންކުރާ ޠޯއޫޠުން. ޝިރުކުގެ އަހުލުވެރީން.
    ބޮލީވުޑްގެ ވާހަކަ ދައްކާއިރު މިއީ ހަނދާން ބަހައްޓަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއް ކަމަށް ވާތީ މި ނުކުތާ ފާހަގަކޮއްލީ.
    އާނއެކެވެ. އެމީހުންނަކީ ޖަނަވާރުންގެ އަޅުންނެވެ. ވީމާ އެމީހުންގެ އަޚްލާޤާ ސުލޫކު ޖަނަވާރުންނަށް ވުރެން ވެސް ދަށްވާނެއެވެ.

    9
    3