އެޕަލް އިން ނެރޭ އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު މިރޭ ރާއްޖެ ގަޑިން 10:00 ގައި އެޕަލްގެ ވެބްސައިޓް އަދި އެކި މީޑިޔާ ޕްލެޓްފޯމްތަކުން ދައްކާނެ އެވެ.

ދިގު އިންތިޒާރަކަށްފަހު އެޕަލްގެ އުފެއްދުންތަކަށް ބޮޑު ބަދަލެއް ގެނެސް މިރޭ ލޯންޗުކުރާއިރު މި އިވެންޓުގެ އިންތިޒާރުގައި އެތައް ބަޔަކު މިހާރުވެސް ތިބިކަން ފާހަގަ ކޮށްލެވެ. އެޕަލް އިން ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ އުފެއްދުންތަކަށް އާ އަޕްޑޭޓްތައް ގެނެއެވެ.

މިރޭ ލޯންޗުކުރާ އިވެންޓުގައި އައިފޯން 13 ދައްކާލާނެ އެވެ. އައިފޯން 13 ސީރީސްގައި ހަތަރު ފޯނެއް ދައްކާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އައިފޯން 13 މިނީ، އައިފޯން 13، އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިރޭ ތައާރަފްކުރާ އައިފޯން 13 ގައި 1 ޓެރަބައިޓްގެ ސްޓޮރޭޖް ހުންނާނެ އެވެ. މިއީ ފުރަތަމަ ފަހަރަށް މިވަރަށް ބޮޑު ސްޓޯރޭޖެއް އައިފޯނަށް އަންނަ ފަހަރަށް ވާނެއެވެ.

1 ޓެރަބައިޓްގެ ސްޓޮރޭޖް އެއް ހުންނާނީ އައިފޯން 13 ޕްރޯ އާއި އައިފޯން 13 ޕްރޯ މެކްސް ގައެވެ. އަދި އައިފޯން 13 އާއި އައިފޯން 13 މިނީގެ ސްޓޯރޭޖްތައް އުޅޭނީ 128 އާއި 256 ގެ އިތުރުން 512 ޖީބީގައެވެ.

މިރޭ ނެރޭ އައިފޯންތަކުގެ އަގުތަކުގެ ލިސްޓެއްވެސް އިންޓަނެޓްގައި ވަނީ ދައުރުވެފަ އެވެ. އެގޮތުން މިރޭ ނެރޭ އައިފޯންގެ އެންމެ އަގުބޮޑު ފޯނު އެޕްލް ސްޓޯރުން ލިބޭނެ ކަމަށް ބެލެވެނީ 1،799 ޑޮލަރަށެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ 27،740.58 ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލު އެދޭ ގޮތް

    އައިފޯންގެ ޒަމާން ނެތިދާނެ ދުވަހަކަށް އެބަ އިންތިޒާރު ކުރަން އަދި ﷲ ރަހުމަތްފުޅުން ސޮނީ ފޯންތައް ދުނިޔޭގެ މާކެޓްގައި ގަދަފަދަ ވާނެ ދުވަހަކަށް މިދަނީ ގުނަމުން.

    2
    5
    • ނަސިމާ ސުކްލާ

      ސޮނީ ގެ ހިއްސާދާރެއް މިއޮތީ. މީނަ މިރާއްޖޭގައި މިކުރަނީކީއްބާ!!

  2. ކައުންސެލަރު

    ނޯ އިންޓަރަސްޓް