ކޮންމެ އަހަރެއްގައިވެސް ބާއްވަމުން އަންނަ މެޓް ގާލާ އިވެންޓު ނުބާއްވާތާ އަހަރެއްހާދުވަސް ފަހުން މިމަހުގެ 13 ގައި މި އިވެންޓު ބާއްވާފައިވާއިރު މި އިވެންޓަށް ކިމް ކާޑޭޝިއަން ލައިގެން ދިޔަ ހެދުމަށް ގިނަބަޔަކު ޖޯކުޖަހައިފި އެވެ.

ސެޕްޓެމްބަރު މަހުގެ ދެވަނަ ހޯމަދުވަހު އެމެރިކާގެ ނިއު ޔޯކް ސިޓީގެ މެޓްރޯޕޮލިޓަން މިއުޒިއަން އޮފް އާޓްސް ގައި މި އިވެންޓު ބާއްވާފައިވާއިރު މަޝްހޫރު އެތަކެއް ފަންނާނުންނެއް ތަފާތު ވައްތަރުގެ ޑިޒައިންތައް ފެނިގެންދާ ހެދުންތައް ދައްކާލާފައި ވެއެވެ. ގިނަ ބަޔަކަށް އެންމެ ބޮޑު ޖޯކަކަށް ވެގެންދިޔައީ މުޅި ހަށިގަނޑު ނިވާކޮށްގެން ކިމް ލައިގެން ހުރި ކަޅުކުލައިގެ ހެދުމެވެ.

މެޓް ގާލާގައި ކިމް ލައިގެން ހުރި ހެދުން

 

މުޅި މީސްމީޑިޔާގައި ކިމްގެ ހެދުމަށް މީމްތައް ހަދަމުންދާއިރު އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވަނީ ދާދިފަހުން އިންސްޓަގްރާމްއިން ކިމް އަންފޮލޯވެސް ކޮށްފަ އެވެ.

މީޑިޔާއިން އެކަން ހާމަކޮށްފައިވާއިރު ކިމް އާއި ވެސްޓް އެއްގަލަކަށް އެރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މީޑިޔާތަކުން ވަނީ ހާމަކޮށްފަ އެވެ. ވެސްޓް ކައިރިން ވަރިވުމަށް އެދި ކޯޓަށް ހުށައަޅާފައި ވަނީ ކިމް އެވެ. އޭނާ އެމައްސަލަ ކޯޓަށް ވެއްދީ މި އަހަރުގެ ފެބްރުއަރީ މަހުގައި އެވެ.

ކޮންމެ އަހަރަކުވެސް މެޓް ގާލާ ބާއްވަނީ މެއި މަހުގެ ފުރަތަމަ ހޯމަދުވަހުގައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މި އަހަރު މެޓް ގާލާ ފަސްކުރި އެވެ. މި އަހަރުގެ ގާލާގެ ތީމްއަކީ "އިން އެމެރިކާ: އަ ލެކްސިކަން އޮފް ފެޝަން" އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކިމް

  ލޮލް އެކަމަކު ﷲ ތަޢާލާއަށް ކިޔަމަން ވުމަށްޓަކައި މުސްލިމް އަންހެނަކު ނިޤާބް އަޅައި ގަޔަށް ދޫ އަބާޔާއަކުން މުޅި ހަށިގަނޑު ފޮރުވައިފިއްޔާ މިމީހުން ބިރުން ނުހުންނާނެ ގޮތެއް.

 2. ހުސޭނުބޭ

  އެކޮޔަށް ވެމްކޯއިން ވަޒީފާދީބަލަ! އޭރުން މަގުމަތި ކުނިކަހަށް ތިހާ ބުރަކޮށް އުޅޭކަށްނުޖެހޭނެ! އެކޮއި މަގުގެ ދެކޮޅަށް ހިނގާލަނިކޮށް ހުންނާނީ އެ މަގެއް ކުނިކެހިފައި!

 3. ބުރުގާ

  މޫނު ބުރުގާ އަޅަން އެހާ ބޭނުންނަމަ އެކަން ކުރާ މީހުންގެ ކައިރިން އަހާލިނަމަ. އަމިއްލައަށް އަޅަން އުޅެގެން އެހެރީ ވީ ގޮތް.

 4. Anonymous

  އެހާ ރީތި ހެދުމެއް އަދި މިދެކުނީ. މިހާރުވެސް އެ ހެދުން ވިއްކާލަން ޖަހައިފިއްޔާ މިލިޔަނުން ވިކޭނެކަން އިނގެނީ ދެން ކޮން ޖޯކެކޭ ކިޔާކައް.

 5. ހާ

  މަށަށް ހީވަނީ މިފަހަރު މެޓް ގާލާއަށް އަރާ ތިހުރީ ކިމްގެ ސިފަ ޖެހިގެން އަރާ ހުރި ޖިންނިއެއް ހެން.