އެޕަލް އިން އައިފޯން ތައާރަފް ކުރަން ކުރަން ބާއްވާ ހަފްލާގެ ލައިވް ބްލޮގަށް މަރުހަބާ.


23:22

އެޕަލްގެ އުފެއްދުންތައް ތައާރަފްކުރަން ބޭއްވި އިވެންޓް ނިންމާލައިފި.

23:21

އައިފޯން-13 ލިބޭނެ އަގުތައް މިއޮތީ!

23:15

23:15

އައިފޯން-13 ޕްރޯގައި ފޮޓޯ ނެގުމަށާއި ވީޑިއޯ ކުރުމަށް ވަނީ ގިނަ ކުރިއެރުންތަކެއް ގެނެސްފައި.

22:50

ފަސް ކުލައެއްގެ އައިފޯން-13 ނެރުމަށް ވަނީ ހަމަޖެހިފައި.

22:45

22:42

އަލަށް ނެރޭ އައިފޯން-13 އިން ބަލާބެލުމަށް އައިފޯން-12 އާއި ބަލާއިރު ބޮޑު ބަދަލެއް ނެތް.

22:40

ދެން ނެރެން އޮތް އައިފޯންގެ ނަމަކީ އައިފޯން-13.

22:39

ދެން އޮތީ އައިފޯން ތައާރަފް ކުރުން.

22:31

22:31

އެޕަލް އިން ބުނާ ގޮތުގައި އެޕަލް ވޮޗް ސީރީސް-7 އިން ނިދާފައި އޮތް ގަޑި ފަދަ ކަންކަން ބަލާލެވޭނެ ކަމަށް. އޭގެ އިތުރުން އީސީޖީ ހަދާލުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އެޕަލް އިން ބުނޭ.

22:30

އެޕަލް ވޮޗް ސީރީސް-7 ގެ އަގު ފެށެނީ 399 ޑޮލަރުން.

22:28

އެޕަލް ވޮޗް ސީރީސް-7 ދައްކާލައިފި. އެޕަލް އިން ވަނީ ގިނަ ކުރިއެރުންތަކެއް އެޕަލް ވޮޗްއަށް ގެނެސްފައިވާ ކަމަށް. އޭގެތެރެއިން އެންމެ ބޮޑު އެއްބަދަލަކީ ފިއްތަކުގެ ޑިޒައިނަށް ގެނެސްފައިވާ ބަދަލު. އެޕަލް ވޮޗްގައި ފުލް ކީބޯޑެއް ހިމަނާފައިވޭ. އެޕަލް ވޮޗްގެ ސްކްރީން ވަނީ ފަސޭހައިން ތަޅައިގެން ނުދާނެ ގޮތައް ބަދަލުތަކެއް ގެނެސްފައި. ފާސްޓް ޗާޖިން ވެސް ވަނީ ހިމަނާފައި. އަށް ގަޑިއިރު ޗާޖް ހުންނަ ވަރަށް ގަޑި ޗާޖް ކުރަން ބޭނުންވަނީ 45 މިނެޓް. ފަސް ކުލައަކުން އެޕަލް ވޮޗް ލިބޭނެ.

22:23

ދެން އޮތީ އެޕަލް ވޮޗް. ޓިމް ވިދާޅުވީ އެޕަލް ވޮޗް އާއިއެކު މީހުންގެ ސިއްހަތައް އައިސްފައިވާ ބަދަލާއި ގުޅިގެން ފަހުރުވެރިވާ ކަމަށް.

22:22

އައިޕެޑް މިނީގެ އަގު ފެށެނީ 499 ޑޮލަރުން.

22:20

22:15

ހަތަރު ކުލައެއްގެ އާޑިޒައިނެއްގެ އައިޕެޑް މިނީ ތައާރަފްކޮށްފި. އައިޕެޑް މިނީގައި ވަނީ ޓަޗްއައިޑީ ހިމަނާފައި. އެންމެ ފަހުން ނެރުނު އައިޕެޑް މިނީއަށްވުރެ މިއައިޕެޑް މިނީގެ ހާޑްވެއާއަށް ވެސް ވަނީ ގިނަ ކުރިއެރުންތަކެއް ގެނެސްފައި.

22:13

އައިޕެޑްގެ އަގުތައް ފެށެނީ 299 ޑޮލަރުން. އައިޕެޑްގެ ކެމެރާއަށާއި ގިނަ އެޕްލިކޭޝަންތަކަށް ވަނީ ގިނަ ކުރިއެރުންތަކެއް ގެނެސްފައި. މިއަދުން ފެށިގެން އާއައިޕެޑަށް އޯޑަރު ކުރެވޭނެ.

22:10

އާއައިޕެޑް ދައްކާލައިފި.

22:03

އެޕަލްގެ އިވެންޓް ފަށައިފި. މިހާރު ވާހަކަ ދައްކަނީ އެޕަލްގެ ސީއީއޯ ޓިމް ކުކް.

މިރޭ އެޕަލް އިން އައިފޯން-13 އާއި އަދި އެޕަލްގެ އިތުރު ބައެއް އުފެއްދުންތައް ދައްކާލާނެ ކަމަށް ބެލެވެއެވެ. އެޕަލްގެ އިވެންޓް ފަށާނީ ރާއްޖޭ ގަޑިން 22:00 ގައެވެ.

އައިފޯނުގެ އިތުރުން އެޕަލް ވޮޗް 7 އާއި އެއާޕޮޑްސް 3 އާއި އައިޕެޑް 9 އަދި އައިޕެޑް މިނީ 6 މިރޭ ތައާރަފް ކުރާނެ ކަމަށް ބެލެވެއެވެ.

އެޕަލް އިން މިރޭގެ ހަފްލާ ވެސް ކުރިއަށް ގެންދާނީ ވާޗުއަލް ހަފްލާއެއްގެ ގޮތުގައެވެ. ހަފްލާ ފެށުމާއިއެކު ހަފްލާގައި ހިނގަމުންދާ ކަންކަން "ވަގުތު" ގެ ކިޔުންތެރިންނާއި ހަމައައަށް ގެނެސްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހއމފ

    މުޅި މިދުނިޔޭ އިން އައިފޯން ގެ މަގުބޫލުކަން ނެތިގެން ދާނެ ދުވަސްތަކަށް މިދަނީ ކެއްތެރިކަމާއެކު އިންތިޒާރު ކުރަމުން އަދި ސޮނީ އެކްސްޕީރިއާ ފޯނުތައް މި ނޫއުޑުގެ ދަށުގައި މަގްބޫލުކަން އިތުރުވާނެ ދުވަހަކަށް އެބަ އިންތިޒާރު ކުރަން.އިންށާ ﷲ

    3
    4