ބަލާލަން ޗާލު، ގެންގުޅެން އެފަދަ ދެވަނައެއް ނޯންނާނެ ކަމަށް އެޕަލް އިން ބުނީ މޮޅު އައިފޯން-13 ތައާރަފްކޮށްފިއެވެ.

ނަމަވެސް އައިފޯން-12 އާއި އަޅައި ބަލާއިރު އައިފޯން-13 އިން ބަލާބެލުމަށް މާބޮޑު ބަދަލެއް ނުފެންނާނެއެވެ.

އައިއޯއެސް-15 ހިމެނޭ އައިފޯން-13 އަކީ ވެސް 5ޖީ ފޯނެކެވެ. އައިފޯން-13 ގައި ކެމެރާ ވަރުގަދަކުރަން ވެސް އޭ-15 ޗިޕުގައި ވަނީ ހާއްސަ ސިފަތަކެއް ހިމަނާފައެވެ. ކުރިއަށް ވުރެ ބޮޑަށް ކެމެރާގެ ސެންސާ އަށް އަލި އެޅޭނެ ގޮތް ހަދާފައިވާ ކަމަށް އެޕަލް އިން ބުނެއެވެ.

މިރޭ ނެރެފައި ވަނީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނެވެ. އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް އައިފޯން-13 ގައި ބެޓެރީ ހިފަހައްޓާނެ ކަމަށް އެޕަލް އިން ބުނެއެވެ.

އައިފޯން-13 ގެ ހަތަރު މޮޑެލްއެއް ވަނީ ނެރެފައެވެ. އެއީ އައިފޯން-13 މިނީ އާއި އައިފޯން-13 އާއި އައިފޯން-13 ޕްރޯ އަދި އައިފޯން-13 ޕްރޯ މެކްސްއެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން މި ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލާނެއެވެ. މި މަހު 24 ގައި ފޯނުތައް ބާޒާރަށް ނެރޭނެ އެވެ. މި ފޯނުތަކުގެ ސްޓޮރޭޖް އެއް ޓެރަބައިޓާ ހިސާބަށް ލިބެ އެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.

އެޕަލް އިން މިރޭ ވަނީ އިތުރު ބައެއް އުފެއްދުންތައް ވެސް ތައާރަފްކޮށްފައެވެ. މިރޭ އެޕަލް އިން ދައްކާލި ފާހަގަ ކޮށްލެވޭ އުފެއްދުންތަކުގެ ތެރޭގައި އައިޕެޑާއި އައިޕެޑް މިނީ އާއި އަދި އެޕަލް ވޮޗް ސީރީސް-7 ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނައިކް

    ތި ހަމަ ކުރީގެ އައިފޯނުގެ ޑިޒައިން.. ކޯއްޗެއް ބަދަލުވެފަ އިނީ ޗާލު ވާން؟؟

    13
    5
  2. ޗާލު ކުއްޖާ

    ކުދިންނޭ! މި ފޯންވެސް ވާނެ ގަންނަން އަވަހަށް އެޕަލް 12 ޕްރޯމެކްސް އާއި 2 ކިޑްނީވެސް ވިއްކާލާ!!!..

    8
    2
  3. އަލިބެއްޔާ

    ބައްތި ފޯނަކަށް ބަދަލުކޮށްލަން ވީ..

    3
    5
  4. ނުރަބޯ

    ބެޓެރީ ޗާޖް ގިނައިރު ހިފެހެއްޓުމަކީ ވަރަށް ބޮޑު ފަސޭހަ އެއް. އަނެއްކާ 1 ޓީބީ ގެ ސްޓޯރޭޖް އަކީ މާ ފަސޭހަ އިން ފުލް ނުވާވަރުގެ ބޮޑު ސްޓޯރޭޖެއް.

  5. އައިފޯން 13 ޕޮރޯ

    ދަ ބެސްޓް ސްމާޓްފޯން އޮފް އޯލް ޓައިމް..

    3
    1