އެޕަލް އިން މިރޭ ނެރުނު އައިފޯން-13 ގަންނަން ލިބޭނެ އަގުތައް އިއުލާންކޮށްފިއެވެ.

އައިފޯން-13 އަށް ޕްރީ އޯޑަރު ކުރެވޭނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު އައިފޯން-13 ގަންނަން ލިބޭނެއެވެ.

އައިފޯން-13 ގެ ހަތަރު މޮޑެލްއެއް ވަނީ ނެރެފައެވެ. އެއީ އައިފޯން-13 މިނީ އާއި އައިފޯން-13 އާއި އައިފޯން-13 ޕްރޯ އަދި އައިފޯން-13 ޕްރޯ މެކްސްއެވެ. މިނީގެ އަގުތައް ފެށެނީ 699 ޑޮލަރުންނެވެ. އެއީ ގާތްގަނޑަކަށް -/10779 ރުފިޔާއެވެ. އައިފޯން-13 ގެ އަގުތައް 799 ޑޮލަރުން ފެށޭއިރު ސައިޒަކީ 128 ޖީބީއެވެ. އެއީ -/12300 ރުފިޔާއެވެ. އައިފޯން-13 ޕްރޯގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އެއީ -/15400 ރުފިޔާއެވެ. އައިފޯން-13 ޕްރޯ މެކްސްގެ އަގު ފެށެނީ 1099 ޑޮލަރުންނެވެ. އެއީ -/16945 ރުފިޔާއެވެ.

އަގުތަކަކީ ބައިނަލްއަޤުވާމީ މާކެޓްގައި އައިފޯނު ލިބެން ހުންނާނެ އަގެވެ.

އެޕަލް އިން މިރޭ ނެރުނު ފޯނުތަކުގެ ތެރެއިން އެންމެ ހާއްސަ ސަމާލުކަމެއް ދީފައި ވަނީ އައިފޯން-13 ޕްރޯ އާއި ޕްރޯ މެކްސް އަށެވެ. އެއްޓީބީގެ ސައިޒެއްގައި ނެެރެފައިވާ ޕްރޯ އާއި ޕްރޯ މެކްސް އަކީ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ހާއްސަ ފީޗާތަކެއް ހިމަނާފައިވާ ފޯނުތަކެކެވެ. މިއީ ފިލްމުތައް ވީޑިއޯ ކުރަން ވެސް ބޭނުން ކުރެވޭނެ ފެންވަރުގެ ފޯނެއް ކަމަށް އެޕަލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކައިލީ ޖެނާ

  ދެން ވަރަށް މުއްސަދިން ގިނަވާނެ ރާއްޖޭގަވެސް ކިއޫ ހަދާފަ. ކޮންމެ މީހެއް އަތުގަވެސް އައިފޯން 13 އޮންނަން ޖެހޭނެ އަދި އައިފޯން13 އޮަތްކަން އިންސްޓަގްރާމްއަށް ލާންވާނެ މިރާރ ކުރި މަތީގަ ހުރެ ސެލްފީ ނަގާފަ. އައިފޯން13 ގަ ނުނަގައި ފިއްޔާ އެ ނުވާނެ މީހަކަށް. އެ ހެޔޮ އިންސްޓޯލްމެންޓަށް ނަމަވެސް އައިފޯން13 ހޯދަން އުޅޭ ހުރިހާ ކުދިންވެސް. މީ އަޅެ ދޮގެއްތޯވެސް ބަލައްޗެ ހާއްސަކޮށް އިންސްޓަގްރާމް ސޯސަލް މީޑިއަރގަ. ނުފޯރާ ފޮތިންވެސް ފޫގަޅަން ޖެހޭނެ ބައެއް ދިވެހިން ދެއްކުން ތެރިކަމުން. މީހަކަށް އެހީ ތެރިކަމެއް ދޭން ސޮދަގާތެއް ކުރަންވީމަ އަތުގަ ނޯންނާނެ ބައި ރުފިޔާވެސް.

  93
  4
  • ޙައްގުބަސް

   ރަގަނޅު ވާހަކައެއް!! ނުކައި ނުބޮއި ތިބެ އަދި ލޯނު ނަގައިގެންވެސް ތީގެ ފޯނެއް ކޮންމެ މީހަކު ހޯދާނެ!! ރާއްޖެއިން ތީގެ ފޯނެއްގެ އަގު ފުރަތަމަ ބުރުގައި ގަންނަން ލިބޭނީ ތިރީސްހާސް ރުފިޔާއިން ފެށިގެން މަތީ އަގުތަކުގަ!!

   31
   3
 2. ލުކަކޫ

  ކުޅެން ނޭގުނަސް ގެންގުޅެން ވާނީ އެންމެފަހުގެ ފޯން.......... އިންސްޓޯލްމެންޓަށް ވެސް ނަގަންވާނެ އެހެން ނޫނީ މީހަކަށް ނުވާނެ ވާނީ ގަމީހަކަށް

  32
  3
  • ޒަރާ

   ޢިންސްޓޯލްމަންޓަށް ތަކެތި ދޫކުރަނީވެސް އެއްފަހަރާ އަގު ދައްކާފަ ތަކެތި ގަނެވޭ ފެންވަރުގަ ގިނަމީހުން ނުތިބޭތީ. ޢެއީ ދުނިޔޭގެ ހުރިހާ ތަނެއްގަވެސް އޮންނަ އުސޫލެއް . ޢެކަމުން ވިޔަފާރިވރިންނަށްވެސް ފައިދާކުރޭ.
   އަފި އާދައިގެ މީހާއަށްވެސް އޭނާއަށް ފައިސާ ދެއްކޭވަރުން ބޭނުން ތަކެތި ގަނެވޭ.މަހިތުން އިންސްޓޯލްްމަންޓަށް ފޯނު ނެގުމަކީ މައްސަލައެއް ނޫން.

   11
   5
 3. ނަން

  ކިޑްނީ ވިއްކާލައިގެންވެސް ވާނެ ތި ފޯނު ހޯދަން

  17
  8
 4. ކްރިޓިކް

  ގިނަ މީހުން އައިފޯނު މި ބޭނުންކުރަނީ ގުޅަންށާ މެސްޖު ކުރަން ދެން ސްނެޕް، އެނޫން ކަމެއް ތިރީސްހާހުގެ ފޯނުން ކުރަން ނޭނގޭ! ދެން ކީއްކުރަން ފައިސާ ބޭކާރުކުރަނީ.. ނޮކިޔާ ބައްތިއެއް ގެންގުޅެބަލަ!

  10
  7
 5. ޙެހެ

  މިތަނަށް ކޮމެންޓް މި ކުރަނީ ޖޭ ވެގެން ވިރިވިރި ތިބިމީހުންދޯ މީހުން އައިފޯން ގެންގުޅޭތީ. ތިމާ މީހާ ނުގަންނަންޔާ ނުގަނެ ހުރެބަލަ ކޮންމެ ކަމަކާ ނުބެހި🤦‍♀️

  20
  20
 6. އޯޓީ7

  އެމީހުން ކުރާކަމެއް ކޮއްފާނެ އެއްނު.. ދެން އެކަމާ ޖޭ ނުވެބަ.. ތިހާ ޖޭވަންޏާ އިންސްޓޯލްމެންޓް އަށް އައި ފޯން އެއް ނަގާލަބަ..

  8
  5
  • ލަމް

   ތެދެއް ވާނީ ތެދަކަށް... ކިތަންމެ ހާލުގަ އުޅުނަސް އައިފޯނެއް ހޯދަންޖެހޭ

   7
   3
  • އޯޓީ7

   އައިފޯންވެސް ސަޅި.. އެކަމް އައިފޯން އަށްވުރެ އަހަރެންނަށް ރަނގަޅީ ސެމްސަންގ.. ދެން މިހެން ބުނީމަ ވެސް އެއްޗެކޭ ބުނާނެ މީހުން ގިނަވާނެ.. އައިފޯން ގޯސް ވީކީ ނޫން.. އެއީ މަގޭ އޮޕީނިއަން..

 7. ކުޑަމާލޭ މޮހޮނދުބޭ

  އޭ ނުޖެހޭ ލޯނު ނަގާކަށް. މާދަމާ ސިޓީ ފޮނުވާލާނަން އަހަރެމެންގެ ގޭން އެޕާޓްމެންޓް ކުއްޔަށް ހިފައިގެން އުޅޭ އެންމެންނަށް. އޮންނާނެ އެގްރީމެންޓް އެއްމާއްދާއަކަށް ޖަހާފަ " އެޕާޓްމެންޓް ގެ އާބަތުރަ ފިލުވުމުގެ މަސައްކަތަށް އަޞްލުކުލީގެ ތެރެއިން ކޮންމެ މަހަކު އުނި ކުރުމަށް އެއްބަސްވެފައިވާ 1000 ރުފިޔާގެ ތެރެއިން ފުރަތަމަ 6 މަސްދުވަހުގެ އާބަތުރަފިލުވުމަށް ކޮންމެ އެޕާޓްމެންޓަކުން 2000 ރުފިޔާ 2 ދުވަހުގެ ތެރޭގައި ކުލިޖަމާކުރާ އެކައުންޓަށް ޖަމާކޮށްލުމަށް އަންގަމެވެ" ކިޔާފަ ލިޔުމެއް ފޮނުވަލާނީ. ތިބޭނީ ގަޅި މީހުން. އަހަރެމެން ހަދާ ޓްރިކެއް ނޭންގޭނޭ. އެނޫނަސް އަހަރެމެންގެ ގޭގަ ތިބެވޭނީ ހަމަ އަހަރެމެންގެ ނޯކަރުންނަށް ވެގެން. ނުދައްކައިފިއްޔާ 2 ދުވަހު ތެރޭ ތަންހުސްކުރުވީމަ ނިމުނީ. އަލަށް އަންނަމީހުން އަތުން ނަގާނީ 3 މަހުގެ އެޑްވާންސް 45 ހާސް ރުފިޔާ. ދެމަފިރިންނަށް އައިފޯން 13 ޕްރޯމެކްސް ގަނެލެވޭނެ. ހާސްކަނޑާލާށޭ އަހަރެން މިހެންވެ ބުނަނީ

  5
  8
  • މަ

   ކަލޯ ،ކަލޭމެނަށް ދުނިޔެމަތީގައި ނިކަމެތިންނަށް ބެނޫން ގޮތެއް ހަދާލެވޭނެ. ފަހުން ތިހެދި މޮޅު އެތީގެ ހިތި ރަހަ އިންޟާﷲ ދެކޭނެ.

   9
   1
 8. އަގު

  މައްސަލަަކީ ރާއްޖެއަށް ގެނެސް ތިޔަ ވިއްކާއިރު ހުންނާނީ ހަތަރުފަރާތުން މަސްޖަހާ ފަލަވެފަ.. މިބުނީ އަގު އިނގޭ

  5
  1
 9. ކައިފް

  ސެމްސަންގު ބޭނުން ކުރާ މީހުންނަށް އައިފޯންގެ މުހިންމު ކަމެއް އިހުސާސެއް ނުކުރެވޭނެ. ޖޭ ނުވެ ތިބުން އެދެން. އިންސްޓޯލްމަންޓަށް ނެގިޔަސް ކިޑްނީ ވިއްކިޔަސް ވަައްކަމެއް ނުކޮށް މީހުން އަތުން ނުފޭރި އަމިއްލަ މަސައްކަތުން ގަތުމަކުން ގޯހެއް ނެތް. ހުރިހާ ކަމަކާ ބެހެން ޖެހޭތަ.

  7
  7