ދުނިޔޭގެ އެންމެ މަގުބޫލު އެއް ބޭންޑު ކަމުގައިވާ ދެކުނު ކޮރެޔާގެ ބީޓީއެސް އިން މި އަހަރުގެ ވާޗުއަލް ކޮންސާޓް އަންނަ މަހު ބާއްވާނެ ކަމަށް ބިގް ހިޓް އެންޓަޓެއިންމަންޓުން އިއުލާން ކޮށްފިއެވެ.

ވިވާސްގައި ކުރި މި އިޢުލާނުގައި މި ކޮންސެޓާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. ކޮންސެޓަށް ނަން ދީފައިވަނީ ބީޓީއެސްގެ އެންމެ ފަހު ލަވަ ''ޕާމިޝަން ޓު ޑާންސް'' އާ ގުޅުވައިގެންނެވެ.

"ޕާމިޝަން ޓު ޑާަންސް އޮން ސްޓޭޖު'' ގެ ނަމުގައި ބާއްވާ މި ކޮންސާޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ކޮރެޔާ ގަޑިން 6:30 ގައެވެ.

ބިގް ހިޓް އެންޓަޓެއިންމަންޓުގެ މި ޚަބަރު ވެގެން ދިޔައީ ބީޓީއެސްގެ ސަޕޯޓަރުން ކަމުގައިވާ އާމީންއަށް އުފާވެރި ޚަބަރަކަށެވެ. މީސް މީޑިޔާގައި ހިއްސާ ކޮށްފައިވާ މީމްސްތަކާއި ޕޯސްޓުތަކުން އެކަން ދޭހަކޮށްދެއެވެ.

ބީޓީއެސްގެ ކޮންސާޓެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. އާމީންގެ ދިގު އިންތިޒާރަށް ނިމުމެއް އަންނަނީ އޮކްޓޫބަރު މަހުއެވެ.

ކޮންމެ ދުވަހަކު ވެސް ތަފާތު ކާމިޔާބެއް ހޯދައި ޚަބަރުތަކުގެ ފަލަ ސުރުޚީގައި ރަސްކަން ކުރަމުން އަންނަ ބީޓީއެސްއަށް ވަނީ އެމްޓީވީ ވީޑިއޯ މިޔުޒިކް އެވޯޑްސް 2021 އިން އެންމެ މޮޅު ގުރޫޕާއި، އެންމެ މޮޅު ކޭ-ޕޮޕް ގެ މަގާމު ލިބިފައެވެ.

މީގެއިތުރުން ރޮކް ބޭންޑާައި އެކު މަސައްކަތް ކުރުމަށް ވެސް ބީޓީއެސް އަންނަނީ ތައްޔާރު ވަމުންނެވެ. ރޮކް ބޭންޑާއި އެކު ބީޓީއެސްއިން ކުރުމަށް ހަމަޖެހިފައިވާ އަލްބަމަކީ ''މައި ޔުނިވާސް''އެވެ.

ބީޓީއެސްގެ އެންމެ ކާމިޔާބު ލަވަތަކުގެ ތެރޭގައި ހިމެނެނީ ''ޑައިނަމައިޓް''، ''ބަޓަރ'' އަދި ''ޕާމިޝަން ޓު ޑާންސް'' އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޯޓީ7

    އަހަރެން މީ އާމީ އެއް.. މިދިޔަ އަހަރުގަ އެއްނޫން އެންމެ ފަހު ކޮންސާޓް ބޭއްވީކީ.. ޖޫން 13 އާ 14 ގައި ވެސް ބޭއްވި ކޮންސާޓް އެއް.. ސޮއޫޒޫ ކިޔަނީ.. ދެން މީ މިއަހަރުގައި ބާއްވަން އުޅޭ ދެވަނަ ކޮންސާޓް.. ހީވަނީ ތިބޭފުޅާ އަށް މައުލޫމާތި ލިބިފައި ހުރީ ގޯސް ކޮށްހެން.. ރުޅި އަކުން ނޫން.. ހަމަ ބުނެލީ..