އިންޑިއާގެ މަގެއް މަތީ ނެށި އަންހެނަކަށް ހިތުން ނުފިލާ ވަރުގެ ފިލާވަޅެއް އެގައުމުގެ ފުލުހުން ދީފިއެވެ.

ޝްރެޔާ ކައިރާ ނަމަކަށް ކިޔާ އެ އަންހެން މީހާ ނަށާފައިވަނީ އިންޑިއާގެ އަވަށެއް ކަމަށްވާ މަދްޔާ ޕްރަދޭޝްގެ އިންޑޯގެ ހަތަރު އަނގޮޅި ގުޅޭ ކަންމަތީގެ ޒިބްރާ ކްރޮސް މަތީ ހުރެގެންނެވެ.

އެގައުމުގެ ފުލުހުން ބުނީ، އެ އަންހެން މީހާ އެ ވީޑިއޯ ނަގާފައިވަނީ އިންސްޓަގްރާމްގައި ހިއްސާ ކުރުމަށް ކަމަށެވެ.

އެއީ މީހަކު ބުނެގެން ކޮށްފައިވާ ކަމެއް ނުވަތަ އަމިއްލައަށް ފެނިގެން ކޮށްފައިވާ ކަމެއް ކަމަށް ސާފު ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ވަނީ އެ ވީޑިއޯ ނެގުމަށްފަހު އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެއާއި އެކީ ގިނަ ބައެއް ސަމާލުކަން އެ ވީޑިއޯއަށް ހުއްޓިގެން ގޮސްފައިވެއެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ ނަށަން ފަށާފައިވަނީ ކާރުތައް ހުއްޓުމަށް ޓްރެފިކް ލައިޓް ރަތް ކުލައަށް އައުމުން ކަމަށެވެ. އަދި ވީޑިއޯގެ ކުރިން އެތަނުގައި މާސްކު ނާޅައި އޭނާ ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކަންކަން އެގޮތަށް ހިނގާ ދިއުމުން ފުލުހުން ވަނީ ގަވައިދުތަކާއި އޭނާ ހިލާފުވެފައިވާ ކަމަށް ބުނެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ. އެހެން ނަމަވެސް އޭނާ ޖޫރިމަނާ ކޮށްފައިވަނީ ކިހާ އަދަދަކަށް ކަމެއް އެނގިފައެއް ނުވެއެވެ.

އިންޑިއާގައި މިފަދަ މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، މިފަދަ ކަންކަމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަޝްޙޫރުވުމަށްޓަކައި ވަރަށް އާއްމު ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމް

    އަދި ތިޔަށްވުރެ ބޮޑު ލަނޑު ވެސް ލިބިފާ އެބަހުރި މީހުންނަށް.

  2. މަރީ

    ކްރޮސްރޯޑް ކޮންސަރޓް ކަހަލަ ކަންކަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގަ ކުރާ ކަމެއް