ދަރިންނަށް ކާމިޔާބު ހޯދައިދޭން ވެެގެން ކަމަށް ބުނެ ޗައިނާގައި ދަރިންގެ ގަޔަށް 'ކުކުޅު ލޭ' ގަޔަށް "އިންޖެކްޓް" ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

'ޗިކަން ބްލަޑް' ކޮންސެޕްޓަކީ ޗައިނާގެ މުޖުތަމައުގައި އަލަށް ކުރަމުން އަންނަ ކަމެއް ނޫނެވެ. ޗައިނާގެ ތާރީހަށް އަލިއަޅުވާލާ ލިއެފައިވާ ބައެއް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ ގޮތުން 1950ވަނަ އަހަރުން ފެށިގެން ޗައިނާގެ މީހުން އަންނަނީ ކުކުޅު ލޭ އިންޖެކްޓް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުންނަމަ ޗައިނާ މީހުން ގަބޫލުކުރަނީ ކުކުޅު ލޭގެ ސަބަބުން ހަކަތަ އިތުރުކޮށްދީ، ކެންސަރާއި ދަރިންނުލިބުން ފަދަ ބަލިތަކުން ވެސް ރައްކާތެރި ކޮށްދޭ ކަަަމަށެެވެ.

ދުވަސްތަކަކަށް ޗައިނާގައި މި ކަންތައް ކުރުން ހުއްޓާލުމަށް ފަހު އަނެއްކާވެސް ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ،. ނަމަވެސް، މިފަހަރު މަގްސަދު ތަފާތެެވެ. މިހާރު ޗައިނާގައި ކުކުޅު ލޭ އިންޖެކްޓް ކުރަމުން އަންނަނީ ޒުވާން ކުދިންނަށް، އެކުދިންގެ ދިރިއުޅުން ކާމިޔާބު ވާނެ ކަމަށް ގަބޫލުކޮށް، އެގޮތަށް އެދިގެންނެވެ.

ސުންޗައިނާ ގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން ޗައިނާގެ މީހުން ގަބޫލުކުރާ ގޮތުން ކުޑަކުދިންނަށް ކުކުޅު ލޭ އިންޖެކްޓް ކުރުމުން އޭގެ ސަބަބުން އެކުދިންނަށް އިލްމު އުނގެނެން ފަސޭހަވެ، ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިއުމަށް ވެސް ފަސޭހަވެގެން ދެއެވެ.

މިފަދަ ކޮންސެޕްޓްތައް ބޭނުންކޮށް، ބެލެނިވެރިން ކުދިންނަށް ކިޔަވައިދިނުމަށް މާ ބޮޑަށް މަސައްކަތްކޮށް އެކުދިންގެ ތައުލީމީ ނަތީޖާ ރަނގަޅުވާނެ ކަމަށް ކުރާ އުންމީދު ބޮޑެވެ. ނަމަވެސް، އެކި ކުދިންނަކީ ތައުލީމީ ގޮތުން އެކި ފެންވަރުގެ ކުދިންނަށް ވާއިރު، މާ ބޮޑަށް އެކުދިންގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އުންމީދުކޮށް ބެލެނިވެރިންގެ ބައެއް އަމަލުތައް ހުންނަ ގޮތުން ކުދިން ޑިޕްރެސްވާ ކަމަށް ދިރާސާ ރިޕޯޓުތައް ބުނެއެވެ.

2019-2020ގެ ނޭޝަނަލް ހެލްތް ޑިވެލޮޕްމެންޓް ރިޕޯޓުގައި ބުނެފައިވަނީ ޗައިނާގެ 10-19 އަހަރާއި ދެމެދުގެ 25 އިންސައްތަ ކުދިންނަކީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ ކުދިން ކަމަށެެވެ. އަދި އޭގެ ތެރެއިން 7.4 އިންސައްތަ ކުދިންނަނީ ޑިޕްރެޝަންގެ އަސަރު އެކުދިންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކުދިން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަންބުރި

    މޮޔަ ޗައިނާ🤣🤣🤣

  2. ސަންބުރި

    މޮޔަ ޗައިނާ

  3. ސަންބުރި

    މޮޔަ ޗައިނާ،ކޮންމެ ކަމެއްގަވެސް ކުކުޅު ލޭ

  4. ސަންބުރި

    ކޮންމެ ކަމެއްގަވެސް ކުކުޅު ލޭ

  5. ސަންބުރި

    އަސްލު