ކަރީނާ ކަޕޫރް އާއި އޭނާގެ އާއިލާ އިންޑީއާގެ މުމްބައި އެއާޕޯޓުން ފުރަން ދަނިކޮށް އެތަނުގެ ސެކިއުރިޓީން އޭނާ ހުއްޓުވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކަރީނާ ކަޕޫރް އާއި ސައިފް އަލީ ހާން، އަދި އެމީހުންގެ ފިރިހެން ދެކުދިން ޖެހަންގިރް އާއި ތައިމުރް އެއާޕޯޓުން ވެސް ވަނީ ފެނިފައެވެ. ކަރީނާގެ ކުރިން ސައިފް އަލީ ހާން ސެކިއުރިޓީންނަށް ފާސް ދައްކާފައި ވެއެވެ.

ކަރީނާ މުމްބައި އެއާޕޯޓުން ފުރަން ދިޔަ ވީޑިޔޯ މީޑިޔާގައި ދައުރުވަމުންދާއިރު އެ ވީޑިޔޯއިން ކަރީނާގެ ކުދިން ބަލަހައްޓާ މީހާވެސް ފެނިގެން ދެއެވެ. އަދި ސެކިއުރިޓީން ކަރީނާ ހުއްޓުވުމުން އޭނާގެ ކުދިންތަކުގެ ފާސްތައް ދައްކައި ކުދިން ބަލަހައްޓާ މީހާ ކުރިން ފޮނުވާފައި ވެއެވެ.

މަޝްހޫރު ފިލްމީތަރި ކަރީނާ މުމްބައި އެއާޕޯޓުން ހުއްޓުވުމުން އެކި މީހުން މީސްމީޑިޔާގައި ހިޔާލުފާޅުކުރަމުންދާއިރު ބައެއް ފަރާތްތަކުން ދަނީ އެކަމަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. އަދި އަނެއްބައި ފަރާތްތަކުން ދަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކާފައި އެވެ.

ބައެއް ފަރާތްތަކުން ބުނީ ކަރީނާ އަށް ވިޔަސް ގަވައިދު އޮންނާނީ އެންމެންގެ ކުރިމަތީގައި ހަމަހަމަކޮށް ކަމަށެވެ. އަދި އިންޑިޔާގެ ސިފައިންގެ ޔުނިފޯމުގެ ބާރުގަދަކަންވެސް ހާމަވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މުމްބައި އެއާޕޯޓުން ކަރީނާ ހުއްޓުވިއިރު ދާދިފަހުން އެ އެއާޕޯޓުން ވަނީ ސަލްމާން ހާން ފުރަން ދަނިކޮށްވެސް ހުއްޓުވާފައެވެ. ސަލްމާން ދިޔައީ އޭނާގެ ފިލްމު ޓައިގާ 3 ގެ ޝޫޓިން އަށް ރަށިޔާއަށް ދިއުމަށެވެ.

ބޮލީވުޑްގައި ކަރީނާގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ކަރީނާ ފެނިގެންދާނީ ”ލާލް ސިންގ ޗައްދާ“ އިންނެވެ. މި ފިލްމުގައި ކަރީނާ އާއި އެކު ދެން ފެނިގެންދާނީ އާމިރް ހާން އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އެއަރޕޯޓް ސެކިއުރިޓީން ވަންނަ މީހުންގެ ޕާސްޕޯޓް ބަލާނެ. އެއީ ހުއްޓުވަނީކީ ނޫން.

  2. އަލިބެއްޔާ

    އިންޑިއާ ކައްޕަޅިން ނޫހަށް އަރަންވެސް އެކަހަލަ ކަންކަން ކުރާނެ.. ގުއިރޭ ގެރިން..

    3
    1