ޑްރާމާ ސިލްސިލާ ބޭހަދްއިން ގިނަބައެއްގެ މަގުބޫލުކަން ހޯދި ކުޝާލް ތަންދޮން އޭނާ ކުރިން ރައްޓެހިވި ހުރިހާ އަންހެނުންގެ ކިބައިން މާފަށް އެދިއްޖެއެވެ.

އެކްޓަރުންނަކީ ގިނަ އަންހެނުން ގެންގުޅޭ ބަޔަކަށްވާއިރު އޭގެ ތެރޭގައި ސީރިޔަސްކޮށް ގެންގުޅޭ ކޮންމެވެސް އެއް ލޯބިވެރިއެއް ހުންނަ މީހުން މަދެއް ނުވާނެއެވެ.

ކުޝާލްގެވެސް ކުރީގައި ލޯބިވެރިއެއް ގޮތުގައި ގިނަދުވަހު އުޅުނު ގޯހަރް ޙާން އަކީ މިހާރު އޭނަގެ ގާތް ރަހުމެއްތެރިއެކެވެ. އެދެމީހުން އެކީގައި އުޅުނުއިރު މީސްމީޑިޔާގައި ދެމީހުން އެކީގައި ހުރި ގިނަ ފޮޓޯތަކެއް ވަނީ ދައުރުވެ، ތައުރީފުގެ ބަސްތައް ދިޔައީ އޮހެމުންނެވެ. ނަމަވެސް ކުޝާލްގެ ގިނަ ގުޅުންތައް ކުއްލިގޮތެއްގައި ވަނީ ކެނޑިފައި އެވެ. އެގޮތުން ކުޝާލްވަނީ ކުރީގައި ގިނަ އަންހެންކުދިން މާޔޫސްކުރެވިފައި ހުރުމުން އެކަމާއި ދެރަވާކަމަށްބުނެ އެންމެންގެ ކިބައިން މައާފަށް އެދިފައެވެ.

މާފަށް އެދުމުގެ ގޮތުން ކުޝާލްވަނީ އޭނަގެ އަމިއްލަ އިންސްޓަގްރާމް އެކަންއުންޓްގައި އަމިއްލަ ފޮޓޯއާއި އެކު ހިތުގެ އުދާސްތައް ހިމެނޭ ދިގު މެސެޖެއް ލިޔެފައި އެވެ.

އޭނަ ބުނެފައި ވަނީ "އަހަރެން ކުރީގައި ލޯބިވި ހުރިހާ އަންހެންކުދިންނަށް މާފަށް އެދެން. އަހަރެންނަށް އެކަން ދޮގު ކުރެވޭކަށް ނެތް. ވަރަށް ގިނަ ދޮގު ހެދިއްޖެ، ވަރަށް ގިނަ ކުދިންގެ ހިތާއި ކުޅެފިން. ހުރިހާ ކަމެއް ސިއްރުކޮށްގެން ވަރަށް ގިނަދުވަހު އުޅެވިއްޖެ، އެކަމަކު ދެން ނޫޅެވޭނެ. އަހަރެންނަށްޓަކައި ކަރުނަ އޮހޮރި ހުރިހާ ކުދިންނަށް މާފުކުރޭ. މިހިސާބަށް އަންނަށް ވެގެން ބޭނުންކުރި ހުރިހާ ކުދިންނަށް މާފުކުރޭ. އަހަރެންނަކަށް ދެން ފަހަތަކަށް ނުދެވޭނެ އަދި ކުރި ކުށް ފިލުވައެއް ނުލެވޭނެ އެކަމަކު އެކަމަށް މާފުކުރެވޭނެ. އެހެންކަމުން މާފަށް އެދެން ހުރިހާ އެންމެ ފަރާތުން. ޝުކުރިއްޔާ." މިހެންނެވެ.

ކުޝާލް އެންމެފަހުން ފެނިގެން ގޮސްފައި ވަނީ ޖެނިފާ ވިންގެޓް އާއި އަނާރީ ވަޖާނީ އެކު ޑްރާމާ ސިލްސިލާ ބޭހަދް އިންނެވެ. ނަމަވެސް މިހާރުވެސް ސިލްސިލާއަކަށް ތައްޔާރުވަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކްރޯޑް

    ކުޝާލް ތަންދޮން އެއްނޫން ޓަންޑަން އެމީހުން ނަންތައް ކިޔާ އަޑު އަހައިގެން ލިޔެބަލަ

    • މުޖޭ

      ތަންދޮން ވީމަ އެހެން ވެދާނެއެއްނު

      • ހުސޭނުބޭ

        އެސޮރު ރައްޓެހިވި ކުދިންނަށް އެކަން އެގޭނެ!

      • ޝިޓް

        އޯ ޝިޓް