މީހަކު ވަނީ މީސް މީޑިއާގައި މި ވަނީ އިންޑިއާ ވައްތަރުގެ އަނބު އައިސް ކްރީމަށް ޗީޒް އަޅައިގެން ކެވޭނެ ކަން ޔަގީން ކޮށްދޭ ވީޑިއޯއެއް އާއްމުކޮށްފައެވެ. އިންޑިއާގެ ގުޖްރާތްގައި މަގެއްގެ މަތީގައި މީހަކު ތައްޔާރުކުރާ އަނބު އައިސްކްރީމްގެ ވީޑިއޯއެއް ފެނި އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ގޮސްފައި ވަނީ އެ އައިސްކްރީމްގެ ތެރެއަށް ބައިވަރު ޗީޒް އެޅުމުންނެވެ.

އެ ވީޑީއޯއިން ފެނިގެން ދަނީ ކާށިކިރު ތެރެއަށް ލާ ފޯކޮށްފައި ހުރި ޕާން ފޮތިތަކެއް ތައްޓެއްގެ ތެރޭގައި އަތުރާލާތަނެވެ. އަދި އޭގެ ތެރެއަށް އޭނާ ޓިއުމެރިކް އަޅައެވެ. އޭގެ ފަހުން އޭގެ ތެރެއިން ސްވީޓް-ސޯ ސިރަޕް އާއި ސޯސް އަޅާއިރު، އަސާރަ ގޮތަށް ހަދާފައިވާ އަނބާއި، ހިއްކާފައި ހުރި މޭވާވެސް އަޅައެެވެ. އަދި އޭގެ މައްޗަށް ދެން އަޅަނީ އައިސްކްރީމް ކުދިކޮށް ކޮށާފައެވެ. ދެން އޭގެ މައްޗަށް އޭނާ ޗީޒް ގާނައެވެ.

https://twitter.com/sahiladh/status/1436979329360035841?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1436979329360035841%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatimes.com%2Ftrending%2Fwtf%2Fmango-ice-cream-with-cheese-is-going-viral-549537.html

އޭގެ ފަހުން އަނެއްކާވެސް އައިސްކްރީމް އޭގެ ތެރެއަށް އަޅައެވެ.

އެ ވީޑިއޯ އާއްމު ވުމާއެކު އެތައް ބަޔަކު ވަނީ މިއީ ޗާތް އެންޑް މެންގޯ އައިސްކްރީމް މަރާލުން ކަހަލަ ކަމެއް ކަަމަށް ވަނީ ބުނެފައެވެ. އަދި އެއްބަޔަކު ވަނީ އޭގެ ތެރެއަށް އަލޯވެރާ ކަހަލަ އެއްޗެއް އަޅަން ޖެހޭ ކަމަަށް ބުނެފައެވެ.