އިންޑިޔާގެ ކޭރަލާގެ ރަހުމާންު ނަމަކަށް ކިޔާ ފިރިހެނަކު އޭނާގެ މައިންބަފައިންނަށް ވެސް ނޭނގި އަމިއްލަ ގޭގައި 10 އަހަރު ވަންދެން ލޯބިވެރިޔާ ސަޖީތާ ފޮރުވައިގެން އުޅުނު ވާހަކައަކީ މީސް މީޑިޔާގައި ވަރަށް ގަދައަށް ދެކެވުނު ވާހަކައެކެވެ.

ރެހުމާންއާއި ސަޖީތާ ލޯބީގެ ގޮތުން ގުޅުނުކަމެއް އަވަށުގެ އެއްވެސް މީހަކަށް ނޭނގެއެވެ. އެހެންކަމުން ސަޖީތާ ފިލައިގެން ގޮސް އޭނާގެ ގެއާއި 100 މީޓަރު ދުރުގައި ހުރި ރަހުމާންގެ ގޭގައި ފިލައިގެން 10 އަހަރު އުޅުނެވެ.

ރަހުމާނުގެ ކޮޓަރިއަށް ގޭގެ އެއްވެސް މީހަކަށް ނުވަދެވެއެވެ. އެންމެންނައި އެކުގައި ކެއުން ހުއްޓާލައި ކޮޓަރީގައި ކާން ފެށިއެވެ. އަދި ދެމީހުންގެ ކެއުން ރަހުމާން ކާން ފެށުމުން ގޭގެ މީހުންނަށް ޝައްކު ވެސް ވިއެވެ.

ނަމަވެސް ފަޅާއެރުމުގެ ކުރިން ރަހުމާންއާއި ސާޖިތާ އެ ގެ ދޫކޮށް އެހެން އަވަށެއްގައި ދިރިއުޅެން ފެށިއެވެ. ދެމީހުން ވެސް ވީ ތަނެއް އާއިލާ މީހުންނަށް ވަނީ ނޭނގިފައެވެ.

ރަހުމާންގެ ބޮޑުބޭބެއަކަށް މަގުމަތިން ރަހުމާން ފެނިގެން އޭނާގެ ފަސްފަހަތުން ގޮސް ރަހުމާން ދިރިއުޅޭ ގެއަށް ދިޔައެވެ. އެގެއިން ސަޖީތާ ވެސް ވަނީ ފެނިފައެވެ.

މި ދެ ލޯބިވެރިން ވަނީ މިހާރު ކައިވެނި ކޮށްފައެވެ. ނަމަވެސް މި ގުޅުމާއި ހިތްހަމަ ނުޖެހިފައި ތިބި ރަހުމާންގެ މައިންބަފައިންނާއި އާއިލާ މީހުން މި ކައިވެނީގައި ބައިވެރިއެއް ނުވެއެވެ.

ކައިވެނި ކުރުމަށް ފަހު ރަހުމާންއާއި ސަޖީތާ ވަނީ އެމީހުންނަށް އެހީތެރިވެދިން މީހުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ފޮނި ކާއެއްޗެހި ބަހައިފައެވެ.

ރަހުމާން ބުނެފައިވާ ގޮތުގައި ކައިވެނި ކުރެވުނު ދުވަހުން ފެށިގެން އޭނާ ބޭނުންވަނީ އުފަލުގައި އެއްވެސް މީހެއްގެ އުދަނގުލެއް ނެތި ދިރިއުޅުން ކުރިއަށް ގެންދާށެވެ.