ދިވެހި ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާއަށް ނުކުތް އައިމިނަތު ރަޝްފާ(އާޝާ) ޕްރޮޑިއުސްކޮށް ކުޅެފައިވާ ދެވަނަ ވީޑިއޯ ލަވަ 'ޝިކާރަ' ނެެރެފިއެވެ.

"ޝިކާރަ"ގެ ނަމުން ނަން ދީފައިވާ އެ ލަވަ މިއަދު ނެރެފައިވަނީ އުފަންދުވަހާއި ދިމާކޮށެވެ. މީގެ ކުރިން އާޝާ ޕްރޮޑިއުސް ކޮށްފައިވާ ފުރަތަމަ ލަވަ "ގުނަމުން މިދާ" ވެސް ނެރެފައި ވަނީ އޭނާގެ އުފަންދުވަހާއި ދިމާކޮށެވެ.

އާޝާ ޕްރޮޑިއުސް ކޮށްފައިވާ މި ލަވަ ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި މަރިޔަމް އަޝްފާއެވެ.

ލަވަ ރިލީޒް ކުރުމުގެ ކުރިން ޕޯސްޓަރު ބެލުންތެރިންނަށް އާޝާ ވަނީ ދޫކޮށްލައިފައެވެ. ޕޯސްޓަރުގައި ފެނިގެން ދަނީ ފިރިހެނަކު ކެމެރާއަށް ފުރަގަސްދީގެން ހުރިއިރު، ކެމެރާއަށް ކުރިމަތިލައި އެ ފިރިހެން މީހާގެ އަތުގައި ހިފަހައްޓާލައިގެން އާޝާ ހުންނަ މަންޒަރެވެ. ޕޯސްޓަރު މީސް މީޑިއާގައި ދައުރުވާން ފެށިއިރު، އެއީ ބޭރު ފަންނާނަަކަށް ވެދާނެ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރިއެވެ. މި މަހުގެ 14ވަނަ ދުވަހު ޓީޒާ ރިލީޒް ކޮށްފައިވާއިރު އޭގެން ވެސް ފިރިހެން މީހާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ.

މިއަދު މެންދުރު 12 ޖެހި އިރު "ޝިކާރަ" ލަވަ ނެރެފައިވާއިރު ، ލަވައިގައި އާޝާ އާއި އެއްކޮށް ފެނިގެންދާ ފިރިހެން ފަންނާނަކީ އަހްމަދު އީސާ (އާނަންދު) އެވެ.

މަޝްހޫރު މޭކަޕް އާޓިސްޓް އަދި ފެޝަން ޑިޒައިނަރު ސޭންޑީގެ ފުރަތަމަ ޑައިރެކްޝަން "ޝިކާރަ"ގެ ލިރިކްސް މުހައްމަދު އަބްދުލް ޣަނީ(ތޭރަ) ހަދާފައިވާއިރު އެ ލަވައިގެ މިއުޒިކް ކޮމްޕޯޒް ކޮށްފައިވަނީ ހުސައިން ތައުފީގު އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Like

    ކައިވެނީ ގެ ކުރިން ޒިނޭ ، ރަނގަޅު

    15
    4
    • ވަސް

      އަސްލުވެސް.. ގިވިންގް އަ ބޭޑް މެސެޖް

      3
      1
  2. ބުރު ސޫރަ އައް ޔ

    އާޝާ ވެސް މިހާރު ހުރީ ރާއްޖޭގައި

  3. ޢނ

    ލަވަ ފުރިހަމަ. ބޭރު ތަންތާ މިހާ ފުރިހަމަ ކޮއް ލަވައެއް ހަދަން މިލިޔަނަކާ ގާތަށް ހަރަދު ކުރޭ. އެކަމަކު ދިވެހިން މިވަނީ އެވަރަށް ހަރަދު ނުކޮއް ވަރަށް ފުރިހަމަ ލަވައެއް ނެރެފަ. ރާއްޖޭގަ ހުނަރު އޮތް ވަރު މިއެނގެނީ ފެޝަން ޑިޒައިނަރު މޭކަޕް ކުރަނީ ވެސް. ޢަދި ޑައިރެކްޓް ކުރަންވެސް އެހާ މޮޅު. ބަޔަކު އަޅާލާނަމަ ދިވެހި ފަންނާނުންގެ ހުނަރު ދައްކާލީސް. ލަވައިގެ ކިޔުމާ މިއުޒިކް ސިނެމޮޓޮގްރަފީ ވެސް ވަރަށް ފުރިހަމ

    2
    4
  4. ހޫ

    ބޭރުމީހުން ތިބޭތަ ބޯ ހަތްބޯރާސެއްހެން ހަދައިން.

  5. ނާލި

    ހާދަ ހަޑި ލަވައެއް އިޔު

  6. Anonymous

    ރަނގަޅަށް ޓައިޓޭނިކް ކުޅެލާ.

  7. ގެރިކިރު

    ބޭރު މީހުން ތިބޭތަ ބޯ ހަތްބޯރާއްސެންހެން ހަދައިން.

    5
    1
  8. އައިޝާ

    ލަވަ ކިޔާފަ އިނީ ވަރަށް ރީތިކޮށް. ވީޑިއޯ ކަމަކުނުދޭ