އުސްމިނުގައި 40 ފޫޓު ހުންނަ ގަހެއްގައި އިންޑިއާގެ މީހަކު ހަތަރު ބުރީގެ އިމާރާތެއް އަޅައިފިއެވެ.

އިންޑިއާގެ އުދައިޕޫރު ނުވަތަ މަޝްހޫރު ނަމުން ނަމަ "ދަ ސިޓީ އޮފް ލޭކްސް" ގައި އަޅާފައިވާ އެ ގެއަކީ އެއީ ފަތުރުވެރިންގެ ސަމާލުކަން ވެސް ހޯދާފައިވާ ގެއެކެވެ. އެތަނުގައި އިތުރުން އުދައިޕޫރަކީ ވެސް އެތަނުގެ ޗާލު ކަމާއި އެތަނުގައި ހުންނަ ކޯރުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެކެވެ.

80 އަހަރު ވެފައިވާ އަނބު ގަހެއްގައި ގެއެއް އަޅާފައިވާ ކުލް ޕްރަދީޕް ސިންގް ބުނެފައިވަނީ ގަހަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވެ އޭނާ އެތަން ހަދާފައިވަނީ 2000 ވަނަ އަހަރުގައި ކަމަށެވެ. އެހެންކަމުން އެ އިމާރާތަށް ވެސް މިހާރު 21 އަހަރު ދުވަސް ވެދާނެއެވެ.

އިންޖިނިއަރިން ކިޔަވައިގެން ހުރި، ސިންގް ބުނެފައިވަނީ އެގެ އޭނާ އަޅާފައިވަނީ ގަހުގެ ގޮފިތައް ހުންނަ ގޮތަށް ވަރަށް ބަލައިގެން ކަމަށާއި ބައެއް ގޮފިތަށް ސޯފާ ނުވަތަ ޓީވާ ސްޓޭންޑުގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާނެ ކަމަށެވެ.

ބަދިގެ، ފާހަނާ، ކޮޓަރި އަދި ލައިބްރަރީއެއް ވެސް ހުންނަ މިގޭގެ އެންމެ ހިތްގައިމު ކަމަކީ ގޭތެރޭގައި ތިބޭއިރު، ގަހުގައި އަޅާ އަނބު ބިނދެލައިގެން ކެވުމެވެ.

އޭނާ ބުނީ، އެގެ އެޅުމުގެ ކުރިން އޭނާގެ ވިސްނުން ހުރީ ބިމެއް ގަނެގެން އެތަނުގައި ބޮޑު ގެއެއް އެޅުމަށް ކަމަށެވެ. އެހެން ނަމަވެސް ގަސް ފެނުނު ހިސާބުން ހިޔާލު ތަފާތުވި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްސާނު

    މިޔައްވުރެ ބޯގޯސް ބަޔަކުއުޅޭގައުމެއް ނޯންނާނެ ހުސްކުރަފިބޯ

    12
    1
  2. ސިކުނޑި

    ހައްސާނޫ. އެކަމަކު ދިވެހިންނަށްވުރެ އެއްވެސް އެހެން ގައުމެއްގެ ބަޔެއް ބޯގޯސް ނުވާނެ. ތިމާ ތާއީދު ކުރާ ޕާޓީ އެއްގެ ވެރިން ކިތަންމެ ދެއުޅިއެއްނުވާ ވާހަކައެއް ދެއްކިއަސް އަތްތިލަބަޑިޖަހާ ސަނާކިޔަން ތިބޭނީ.

    16
    2