ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައެއް ހިސާބުތަކުގަައި ރައްޔިތުން އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ގޮތުގައި މަގުތައް ރަނގަޅު ފެންވަރަކަށް ހަދާފައިނުވާ މަަައްސަލަައަކީ ބޮޑު މައްސަލައެެކެވެ. އެތައް ބަޔަކު މިކަމާއި ވާހަކަދައްކަައި ހައްލުނުވާ މައްސަލައެއް ކަމަށް ބުނެ ހަދައެވެ.

އެކަމަކު ތަފާތު ގޮތަކަށް އެ ވާހަކަދެއްކި ޒުވާނަކީ މިއީއެވެ. އިންޑިއާގެ އެޗް ރަމްޕުރާ ވިލޭޖަށް ނިސްބަތްވާ އަންހެނަކު މަގުތަކުގެ މައްސަލަ ސްޓޭޓްގެ ޗީފް މިނިސްޓަރ ބަސަވަރަޖާ ބޮމްމައިއާ ހަމައަށް ގެންދިޔައެވެ.

26 އަހަރުގެ ބިންޑޫ އާރް ޑީ ބުނީ އޭނާ ދިރިއުޅެމުންދާ އަވަށުގައި އެންމެ އާއްމު ހިދުމަތްތައްވެސް ލިބެން ނުހުންނަ ކަމަށެވެ. އެގޮތުން މަގުގެ ހާލަތާއި، އެ އަވަށަށް ބަސް ދަތުރު ނުކުރާކަން އޭނާ ފާހަގަކުރިއެވެ. އަދި މި ހިދުމަތްތައް ނުލިބޭނަމަ ކައިވެނި ނުކުރާނެ ކަމަށްވެސް ބުންޏެވެ.

ބިންޑޫ އެދުނު އެ ކަންކަމާއި ގުޅިގެން އެޑްމިނިސްޓްރޭޓިވްގެ އޮފިޝަލުން ވަނީ ވިލޭޖަށް ގޮސް ބިންޑޫ އެދުނު ކަންކަން ވަރަށް އަވަހަށް ކޮށްދޭނެ ކަމަށް ބުންޏެވެ.

ބިންޑޫގެ އެ ސިޓީގައި ބުނެފައި ވަނީ އޭނާއަކީ އެ އަވަށުން ހަމައެކަނި މާސްޓާސް ހަދަމުންދާ މީހާ ކަމަށާއި، އޭނާ އެެ ޝަކުވާތަކުގެ އަޑުގަދަ ނުކުރާނަމަ އެކަން ކުރާނެ ބަޔަކު ނުވާނެ ކަމަށެވެ.

އަދި އެ ވިލޭޖްގައި ކިޔެވެނީ ހަމައެކަނި ގްރޭޑް ފަހަކާއި ހަމައަށް ކަމަށާއި އިތުރަށް ކިޔަވަން ދިއުމަށް 14 ކިލޯ މީޓަރުގެ ދަތުރެއް ކުރަން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ވަނީ މިކަމުގެ ސަބަބުން އެތައް އަންހެން ކުދިން ސްކޫލަށް ދިއުން ހުއްޓާލިކަން ފާހަގަކޮށްފައެވެ. އަދި އޭނާ ކިޔެވުން ނިންމާލުމަށް މަޑުކުރަން ޖެހިފައި ވަނީ ހޮސްޓެލްއެއްގައި ކަމަށް ބުނެފައި ވެއެވެ.

އެ އަވަށަކީ 300 މީހުން ދިރިއުޅެމުންދާ އަވަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިޔަ 300 މީހުން ހުޅުމާލެއައް ބަދަލު ކޮއްދިނުމައް ބޮޑުވަޒީރު ނަޝީދު ކައިރީ ދަނނަވާ.

    7
    1
  2. Anonymous

    ބޮޑުވަޒީރު އެޖާހިލައްވާނެ

    3
    1