ނޫޑުލްސް ކައި ނޫޅޭ މީހަކު މަދުވާނެއެވެ. މެންދުރު އަދި ރޭގަނޑު ވެސް އެންމެ މީރުކޮށް ކާލެވޭ އެއް ކެއުމަކަށް ނޫޑުލްސް ވާނެއެވެ. ހާއްސަކޮށް ދަންވަރު ބަނޑުހައިވެއްޖެ ނަމަ ނޫޑުލްސް ވަރުގެ ފުރިހަމަ ކެއުމެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަދި ރައްޓެހިންނާ އެއްކޮށް ދަތުރު ދިޔަޔަސް އެންމެ ކާހިތްވާ އެއް ކެއުމަކަށް ވާނީ ނޫޑުލްސްއެވެ.

ވިއްސާރަ ދުވަހެއް ނަމަ، ނޫނީ ބަލިވެ އުޅޭނަމަ ނޫޑުލްސް ސޫޕެއް ބޯނުލާ ހިތްހަމައެއް ނުޖެހެއެވެ. އެމީހަކަށް ކަމުދާ ތަރުކާރީ އާއި މޭވާ އާއެކު، އަދި އެމީހަކަށް ކަމުދާ ރަހަތަކާއެކު ނޫޑުލްސް ކެއުމަކީ އާދަޔާއި ހިލާފު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކަށް އެންމެ މީރު ނޫޑުލްސް ރެސިޕީ އެއް އޮންނާނެއެވެ.

ފަހަކަށް އައިސް ނޫޑްލްސް ބޭނުންކޮށްގެން ތަފާތު އެކި ކަހަލަ އެހެން ކާނާ ވެސް ތައްޔާރު ކުރެއެވެ. ދިވެހިންނަށް ބަލާ ނަމަ ނޫޑުލްސް ބޯކިބާ އަކީ ވަރަށް ކަމުދާ ކެއުމެކެވެ. އެކަމަކު ނޫޑުލްސްވެސް ކަމު ނުދާނެ ގޮތެއް ހުރެދާނެއެވެ.

ދާދިފަހުން އިންޑިއާގައި ނޫޑުލްސް ބޭނުންކޮށްގެން އެއްޗެހ ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ ހިއްސާކުރަމުން މީހަކު ވަނީ ނޫޑުލްސް މިލްކްޝޭކްއެއް ހަދާފައެވެ. އެއާއި އެކު އިންޓަނެޓްގައި އެ މީހާ އަށް ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ގިނަ ބަޔަކަށް އެ ރެސިޕީ އެހާ ކަމަކު ނުދެއެވެ. އަދި އެއީ ނޫޑްލްސް އަށް ވެސް ހުތުރުވާ ކަމެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އެ މިލްކް ޝޭކަށް އޭނާ އަޅާފައި ވަނީ އޯރިއޯ އާއި ޗޮކޮލެޓް ސިރަޕް އަދި ނޫޑުލްސްއެވެ. އޭނާ ވަނީ އެއީ އާއްމުކޮށް އޭނާ ބޯ ބުއިމެއް ކަމަށް ބުނެފައެވެ.

ބައެއް މީހުން ވަނީ އޭނާ ހިއްސާކުރި ރެސިޕީ ތައްޔާރުކޮށް ނޫޑްލްސް މިލްކް ޝޭކްގެ އަޖުމަ ބަލާލައިފައެވެ. އެކަމަކު ގިނަ މީހުންނަށް އެ ބުއިން ކަމަކު ނުދެއެވެ. ނޫޑުލްސް މިލްކްޝޭކް އާ މެދު ގޮތެއް ނިންމުން ދޫކޮށްލާނީ ބެލުންތެރިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މހމމ

    ބާރން ދެޓް އެބޯމިނޭޝަން..