ފަޅު ގޭގެ، ނުވަތަ އެތައް އަހަރެއް ވަންދެން މީހުން ނޫޅޭ ގެތަކުން ނާމާން ކަންތައްތަކާއި ކުރިމަތިލާން ޖެހޭ ވާހަކައަކީ ވަރަށް ގިނައިން އަޑުއިވޭ ވާހަކަތަކެކެވެ. ހަމައެގޮތަށް މީހުން އުޅޭ ގޭގެއިން ވެސް މި ކަހަލަ ބިރުވެރި ކަންތައްތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވަރަށް ގިނަ މީޙުން ބުނެއެވެ.

މިފަދަ ބައެއް ވާހަކަތައް ހިއްސާ ކޮށްފައިވާ ބައެއް ފަރާތްތަކަކީ ބޮލީވުޑުގެ ފަންނާނުންނެވެ. ޝޫޓިންގެ ތެރެއިން ދިމާވާ މިފަދަ ހާދިސާތައް ބައެއް ފަންނާނުން ވަނީ ހިއްސާ ކޮށްފައެވެ.

އޭގެ ތެރެއިން ބޮލީވުޑުގެ ވެޓަރެން ބަތަލާ ހެމާ މާލިނީ މި ވަނީ 1968 ވަނަ އަހަރު ދިރިއުޅުނު އެޕާޓްމަންޓަކުން ކުރިމަތިލާން ޖެހުނު ބިރުވެރި ކަންތައްތަކާއި ވާހަަކަތައް ހިއްސާކޮށްފައެވެ.

ބަތަލާ ހެމާ އާ މިފަދަ ކަމަކާއި ކުރިމަތިލާން ޖެހުނީ ޝޫޓިންގެ ތެރެއިންނެއް ނޫނެވެ. އޭނާ ދިރިއުޅުނު އެޕާޓްމަންޓެއްގެ ތެރެއިންނެވެ.

''ކޮންމެ ރެއަކު ވެސް އަހަރެންނަށް އިހުސާސް ކުރެވޭ ކޮންމެވެސް މީހަކު އަހަރެންގެ ކަރުގައި ހިފާކަން. އަހަރެންނަށް ނޭވާލާން ވެސް އުދަނގޫވޭ. އެހެންކަމުން ފަހުން ނިދަނީ ވެސް މަންމަ ގާތުގައި. މިއީ އެއްރޭ ނުވަތަ ދެ ރެއެއްގައި ހިނގި ކަމެއް ނަމަ އެއީ މާ ބޮޑު ކަމެއް ނޫން. ނަމަވެސް އެ އެޕާޓްމަންޓުން ބަދަލުވަންދެން ކޮންމެ ރެއަކު ވެސް އަހަރެންނަށް އެ އިހުސާސް ވޭ'' 2018 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ހެމާ މާލިނީ ބުނެފައިވެއެވެ.

އަދި ހެމާއަށް މި ދިމާވި ކަމަކީ ވަރަށް ފިލުމީ ވައްތަރުގެ ކަމެއް ކަމަށް މިހާރު ހެމާ ގަބޫލު ކުރެއެވެ. ނަމަވެސް އެއީ އޭނާއަށް ދިމާވި ކަމެއްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މިކަން ހިނގާފައިވަނީ ފިލުމު ''ސަޕްނޯކާ ސައުދާގަރު'' ގެ މަސައްކަތުގެ ދުވަސްވަރު ކަމަށް ވެސް ހެމާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަހުރަބު

    ދޮށީ ވިގަނި ކިޔާ ވިގަނި އެއް ކަމައްވާނީ ތި އަވަލީ

  2. ޫުުޔޔޔ

    ހެޑްލައިން އިން ގޮތުން މަށަށް ހީވީ ވަރަށް ވާހަކަ ކަމަށް.....

    13
  3. Anonymous

    ހެމާ ހާދަ ސަޅި އޭ އަދިވެސް!

    5
    1
  4. ަައަބޯ

    މަށަކަށް އެހާސަޅިއެއްނޫން މައެހެންވެގެން ހެމާޔާދޫކޮއްލާފަ ދިވެއްސަކާ ކައިވެނިކުރީ.