އެމީހަކު އެންމެ ހިތް އެދޭ މީހާގެ ސަމާލުކަން ހޯދަން ކޮންމެ މީހަކު ވެސް ބޭނުން ވާނެއެވެ. ހިތްއެދޭ މީހާ ފެނުމުން އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ވުމުގެ ހުވަފެންތައް ދެކެވެއެވެ.

އެކަމަށްޓަކައި ކުރެވޭ ކަންތައްތަކުގެ ސަބަބުން ބައެއް ފަހަރަށް ހިތްއެދޭ މީހާގެ ނަފުރަތު ލިބި އުމުރު ދުވަހަށް އަލްވަދާއު ކިޔަން ޖެހޭ ހާލަތްތައް ވެސް އާދެއެވެ.

އެހެންކަމުން ''ކްރަޝް'' ގެ ސަމާލުކަން ހޯދުމަކީ ވަރަށް ފަރުވާތެރިކަމާއި އެކު ވިސްނައިގެން ކުރަން ޖެހޭ ކަމެކެވެ. މިގޮތުން ''ކްރަޝް'' ގެ ސަމާލުކަން ހޯދުމަށް ކުރެވިދާނެ 4 ކަމަކީ:

ހިތްއެދޭކަން އިހުސާސް ކޮށްދިނުން

''ކްރަޝް'' ގެ ސަމާލުކަން ހޯދުމަށް ހިތްއެދޭ ވާހަކަ ސީދާ ސީދަލަށް ނުބުނާށެވެ. ނަމަވެސް އޭނާއާއި ބެހޭގޮތުން ސުވާލު ކޮށްގެން އެކަން އިހުސާސް ކޮށްދޭށެވެ. އެންމެ ކުރާހިތްވާ ކަންތައްތަކަކީ ކޮބައިތޯއާއި ދެކެން ބޭނުންވާ ދުވަހަކީ ކޮބައިތޯ ފަދަ ސުވާލުތައްކޮށް އެކަން އިހުސާސް ކޮށްދޭށެވެ.

ތައްޔާރުވުމުގައި ސަމާލުވުން

ބޭރަށް ދިއުމަށް ތައްޔާރުވުމުގައި ސަމާލުވާށެވެ. ރީތިކޮށް ހެދުން އެޅުމުގައި ސާދާކޮށް ހުރުމަށް އަބަދު ވެސް ވިސްނާށެވެ. ނަމަވެސް އެކަމުގައި ވެސް ހައްދު ފަހަނައަޅައި ނުދާށެވެ.

ތިބާގެ ރަނގަޅު ސިފަތައް އަންގައި ދިނުން

ތިބާގެ ހުރި ރަނގަޅު ކަންތައްތައް އަނެކާއަށް ބުނެދޭށެވެ. މޮޅު ހުނަރެއް ހުރިނަމަ އެކަން ''ކްރަޝް'' އަށް ދައްކައިދިނުމަށް ފަސްނުޖެހޭށެވެ. ނަމަވެސް މިކަމުގައި ވެސް ހައްދުފަހަނަ އަޅައި ނުދިޔުން މުހިންމެވެ.

އަމިއްލަ ނަފުސު ދައްކައި ދިނުން

ތިމާއަކީ ކާކުކަން އަނެކާއަށް އަންގައިދޭށެވެ. ތިމާގެ ނެތް ކަމެއް، ނުވަތަ ނެތް ސިފައެއް ދައްކަން ނޫޅޭށެވެ. ތިމާގެ އަމިއްލަ ނަފުސު ބުނެދިނުމުން އަނެކާ މާ ގަޔާ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު