ކޮންމެ ދެމަފިރިއަކަށް ވެސް ލިބޭ ދަރިންނަށް ރަނގަޅު، ރީތި ނަމެއް ކިޔަން އަބަދުވެސް ޝައުގުވެރިކަން ހުރެއެވެ. ބައެއް ފަހަރު ދަރިފުޅަށް ނަން ކިޔަނީ ދުނިޔޭގެ މަޝްހޫރު ނަމަކާ ގުޅުވައިފައެވެ. މިއީ ދުނިޔޭގައި މިހާރު ވަރަށް އާންމު ކަމަކަށް ވަނީ ވެފައެވެ.

ދާދި ފަހުން ދެމަފިރިއަކަށް ލިބުނު އަލަތު ފިރިހެން ދަރިފުޅަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ނަން ކިޔަން ނިންމުމުން، އެ ނަން ނުކިޔޭނެ ކަމަށް ވަނީ ނިންމައިފައެވެ. ސްވިޑަންގެ ޓައުންއަކަށް އުފަން ދެމަފިރިންނަށް ލިބުނު ދަރިފުޅުގެ ނަން ފާސް ކުރަން ހުށަހެޅީ އެ ގައުމުގެ ނޭޝަން ޓެކްސް އެޖެންސީއަށެވެ. އެ އެޖެންސީން ނިންމާފައި ވަނީ ދެމަފިރިން ކިޔަން ނިންމި ނަމަށް ހުއްދަ ނުދޭށެވެ.

ސްވިޑަންގެ ގަވައިދުތައް ބުނާ ގޮތުން އެ ގައުމުގައި އުފަންވާ ދަރިންނަށް ނަން ކިއުމުގެ ކުރިން ނޭޝަންސް ޓެކްސް އެޖެންސީން ހުއްދަ ހޯދަން ޖެހެއެވެ.

މިއީ ނަމެއް ފާސް ކުރަން ނުފެންނަ ކަމަށް އެޖެންސީން ނިންމި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ފޯޑް، ﷲ، ޕިލްޒްނާ، މައިކަލް ޖެކްސަން، ޓޯކެން، ކިއު ފަދަ ނަންތައް ކިޔަން ވެގެން ހުށަހެޅުމުން ވެސް އެޖެންސީން ވަނީ އެ ނަންތަކަށް ދެކޮޅު ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަމަކާމެދު

    ސާބަސް. ކިޔާނެ ރަނގަޅު ނަމެއްގެ ފަހަތުން ދުއްވައިގަންނަ އިރުވެސް މިފަދަ އަނިޔާވެރި، ބިންގަނޑު ފަަސާދަކޮށް އުޅޭ، ޖާހިލު، ފާސިޤުންގެ ނަން ބަޔަކު މީހުންނަށް ކަމުދާތީ އަޖައިބުވޭ.މި މީހުންގެ ނަމުން ނަން ކިޔުމަށް ވުރެ ޖަނަވާރުންގެ ނަން ޚިޔާރުކުރުން ވެސް އިތުރުވީސް ތޯއްޗެއް.