ހޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރެއިން އެންމެ ގިނައިން ވާހަކަ ދެކެވޭ ދެމަފިރިންނަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްވާނެއެވެ. "ޕަވަރ ކަޕްލް" ނުވަތަ ނުފޫޒު ގަދަ ޖޯޑެއްގެ ގޮތުގައި ބެލެވޭ މި ޖޯޑަކީ އެންމެ ބޮޑަށް ފާޑުކިޔުމާއި ވެސް ކުރިމަތިލާން ޖެހޭ އެއް ޖޯޑެވެ. ނިކް އަށް ވުރެ ޕްރިޔަންކާ އުމުރުން ދޮށިވުމުން ވަރަށް ގިނަ މީހުން ވަނީ ފާޑުކިޔާފައެވެ. އަދި ބައެއް މީހުން ވަނީ ޕްރިޔަންކާ ނިކް އާއި ލޯބީގެ ގޮތުން ގުޅުނީ އަމިއްލަ ފައިދާ އަށްކަމަށް ވެސް ބުނެފައެވެ.

އެހެންނަމަވެސް އެ ފާޑުކިޔުންތަކާއި އެ ދެމީހުންވެސް ކުރިމަތިލަނީ ވަރަށް ކެރިގެންނެވެ. ޕްރިޔަންކާގެ ލޯބިވެރިންގެ ތެރެއިން ނިކް އަކީ ފޭނުންނާއި ރަހުމަތްތެރި ހަމައެކަނި މޫނެއް ނޫނެވެ. ޕްރިޔަންކާގެ ކުރީގެ ލޯބިވެރިން ކަމަށް މީޑިއާ އިން ބުނާ މީހުންގެ ލިސްޓު ދިގެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކައިވެނިކޮށްގެން އުޅޭ މީހުންނެވެ. ޕްރިޔަންކާ އާއި ގުޅުމެއް އޮތްކަމަށް ވާހަކަދެކެވޭ މީހުންގެ ތެރޭގައި ޝާހިދު ކަޕޫރު، ހަރްމަން ބަވޭޖާ، ޖޯން އަބްރަހަމް، ޝާހްރުކް ޚާން، އަކްޝޭ ކުމާރު، ރިތިކް ރޯޝަން އަދި ފަރްހާން އަޚްތަރު ފަދަ މީހުން ފާހަގަކޮށްލެވެއެވެ.

މީގެ ތެރެއިން ބައެއް މީހުން ދެކެ ވަރަށް ލޯބިވާކަން ޕްރިޔަންކާ ވަނީ މީޑިއާގައި ވެސް ހާމަކޮށްފައެވެ. ބައެއް މީޑިއާތަކުން ވަނީ މީގެ ކުރިން ޕްރިޔަންކާ ދައްކާފައި ހުރި ވާހަކަތަކަށް ބިނާކޮށް ބަލާނަމަ އޭނާ އެންމެ ލޯބިވި މީހަކީ ޝާހިދު ކަޕޫރު ކަމަށް ބުނެފައެވެ. އެހެންނަމަވެސް ޕްރިޔަންކާ ދާދިފަހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ މުޅި ހަޔާތުގައި ވެސް އެންމެ ލޯބިވީ ފިރިމީހާ ނިކް ޖޯނަސްދެކެ ކަމަށެވެ.

ނިކްގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ފޮޓޯއަކާއި އެކު ޕްރޮޔަންކާ ހިއްސާ ކުރި މެސެޖުގައި ވަނީ އޭނާ އަށް ލޯބި ބަންޑުންކޮށްލާފައެވެ. ޕްރިޔަންކާ މި ފަހުން ގިނަ ވަގުތު ހޭދަކުރި ލަންޑަންގައެވެ. އޭނާގެ ފިލްމުތަކުގެ ޝޫޓިންގެ ސަބަބުން އޭނާ ވަރަށް އަވަދިނެތިއެވެ. ޕްރިޔަންކާ ވަނީ އޭނާގެ މެސެޖުގައި ނިކް އަށް ވަރަށް ތައުރީފުކޮށްފައެވެ. އެގޮތުން ނިކް އަކީ އޭނާ އަށް އެނގޭ އެންމެ ހިތްހެޔޮ މީހާ ކަމަށާއި، ނިކް އަށް ވުރެ މީހުންނަށް ހެޔޮކޮށް ހިތާ އެހެން މީހަކު ނޭނގޭ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދިޕިކާ

  ހީވަނީ މަންމަ އަކާ ދަރިއެއް ހެން ލޮލް

  7
  1
 2. އިސްޢާފް ސަލީމް

  އެހެންތާވާނީ ވަރަށް މަދުޙާލަތެއްގައިނޫނީ ތިމާއަށްވުރެ ޢުމުރުން ދޮށީ އަންހެނަކާ ފިރިހެނަކު ނީދޭވިއްޔާ! އަދި އަމުދުން 10 އަަހަރު ދޮށީ އަންހެނަކާ!!!!1

  8
  1
  • ބޯހަލާކު

   ތެދެއް ތިބުނީ...އަސްލު އެހެން އެވަނީ އެބައެއްގެ ތެރޭގަ އޮންނަ ޤަބޫލުކުރުންތަކެއްގެ ސަބަބުން..އެހެންޏާ ފަހެ މުސްކުޅި ކާފައިންވެސް އެބަ އިނދޭ 18 އަހަރުގެ ކުދިންނާ..އެނުވޭ މައްސަލައަކަށް..އެކަމަކު ކިރިޔާވެސް އަންހެނަކު ދޮށިވެއްޖެއްޔާ އެއީ ވ. ބޮޑު މައްސަލައެއް..މިވިސްނުން ބަދަލު ކުރަން ވެއްޖެ ދޯ މިހާރު..އުމުރުގެ ފަރަގު ހުއްޓަސް ދެމީހަކު އެކުގަ ލޯބިން ކައިވެއްޏެއްގެ މަތީގަ އުޅެވޭ ކަމަށް ވަނީނަމަ ކޮބައިބާ މައްސަލައަކީ؟؟ވަރިވެގެން ދެމީހުން ދެކުޅަނދުރުހެން ހުރުމަށްވުރެ މިގޮތަށްވެސް ކައިވެންޏެއްގެ މަތީ ވަފާތެރިކަމާއިއެކު އުޅުމެއް ނޫންތަ ބޭންނުންވަނީ..ދެން މީހުން ކިޔާހާއެއްޗެއް ބަލައިގެން ދިރިއުޅެންވެއްޖެނަމަ ދުވަސްކޮޅަކުން ވާނީ މޮޔަ..

 3. Anonymous

  ލޯތްބަކީ ކޮބައިކަމާއި ލޯބީގެ މަފްހޫމާއި ލޯބިވުން އޮތީ ކޮންފަރާތަކަށްޓަކާ ކަމާ، ލޯބީގެ ހެއްކަކީ ކޮބައިކަމާއި، ލޯބީގެ ނަތީޖާއަކީ ކޮބައިކަން ނޭނގި ލޯބިވާކަމަށް ކުރާ ދަޢުވާއަކީ ދޮގު ދަޢުވާއެއް.
  ލައިލާޔާއި މަޖްނޫނުވެސް، ދޮން ހިޔަލަޔާއި އަލިފުޅު ވެސް އެކަކު އަނެކަކު ދެކެ ލޯބިވި. އެކަމަކު އެއީ ހަމައެކަނި ދެ ޖިންސުގެ މެދުގައި އުފެދުނު ލޯތްބެއް. ހެއްދެވި ފަރާތަށްޓަކާ ވީ ލޯތްބެއް ނޫން. އެމީހުންގެ ނިމުމާއި އެކު އެއްކަލަ ލޯބި ވެސް ދިޔައީ ކަފުންވެގެން.އެމީހުން ތިމާގެ ހަށިގަނޑާ ހުރިހާ އެއްޗެއް ޤުރުބާންކުރީ އަނެއް މަޚްލޫޤަށް. ދެން ދުނިޔެއިން ނިކުތީމާ އެ ލޯބި އެ ދިޔައީ ވަޅުލެވިގެން.އެހެންވީމާ އެއްކަލަ ލޯބީގެ ފައިދާއާއި މާނަ އެ ދިޔައީ ކޮންތާކަށް؟ ލޯބީގާ ދޮގެއް ނޫންތޯ ހެދީ. ޙަޤީޤީ ލޯތްބަކީ ކަފުންވާނެ ލޯތްބެއް ނޫން.
  ޚުލާސާޔަކީ މި ދަންނަވާ ޙަޤީޤީ ލޯތްބަކީ ދުނިޔޭގާ އެކަކު އަނެކަކު ދެކެ ﷲ އަށްޓަކާ ލޯބިވުން. އެފަދަ ލޯތްބަކީ ދެމިހުންނަނިވި ލޯބި. ލޯތްބާއި އޯގާތެރިކަން ދެމަފިރިންގެ ކިބައިގައި ބާއްވާ އެކަކު އަނެކެއްގެ ޒިންމަޔާ ޙައްޤުތައް އަދާކޮށް މާތްކަލާނގެ އެންގެވި މަގުން ދެމަފިރީންގެ ޙައްޤުތަކާއި އެންމެހާ އަޅުކަންތައް އަދާކުރުން. އެ ލޯބީގެ ނަތީޖާޔަކީ އަބަދަށް ދެމިހުރެ ނުމެވެ ފަނާގެ ދުނިޔޭގާ ދެމީހުންނަށް އުމުރަށް އުޅެވުން.އެއީ ޙަޤީޤީ ލޯތްބަކީ. ލޯބީގެ ދިރާސާއެއް ދީނުގެ އަލީގާ ކޮއްލެއްވީމާ މި ޙަޤީޤަތް ފާޅުވާނެ.

 4. އަހައްމަދޫ

  ސުނިޔަންކާ މިކަމާ ދޭތެރޭ ކީކޭ ބުނަނީ

 5. އަލްޖިބްރާ

  ތިމާއަށްވުރެ ހަބައި އުމުރުން ހަގު ފިރިހެނަކު އިންނަން އަތުއަޅުވާލެވުނީމަ އެއީ އެންމެ ލޯބިވާ މީހާއޭ ނުބުނާނެ އަންހެނަކު މިޒަމާނުގައި މި އުޑުދަށުގައި އުޅޭނެބާ !