އެންމެން ވެސް އަބަދު ދައްކާ އެއް ވާހަކައަކީ މާލޭގެ އިމާރާތްތަކުގެ ވާހަކައެވެ. އެތަންތަނުގައި އެދެވޭ ޖާގައެއް ނެތް ކަމަށާއި އިމާރާތް ކޮށްފައިވަނީ ޖާގަ ޖާގަ ބޮޑުކޮށް އިމާރާތް ކުރެވެން އޮންނައިރު، ޖާގަ ކުޑަކޮށް އިމާރާތް ކޮށްފައިވާ ވާހަކައެވެ.

ޖާގަ ހޯދައިގެން އިމާރާތެއް ނުވަތަ އެޕާޓްމެންތެއް އަޅަން ބޭނުންވާ މީހުން ބަލަންވީ ލަންޑަންގައި ހަދާފައިވާ އިމާރާތްތަކަށެވެ. އެތަންތަން ބެލުމަށްފަހު ހަަމ ގައިމުވެސް ޖާގަ އޮންނާނެކަން އެނގޭނެއެވެ.

ލަންޑަންގައި ހަދާފައިވާ އެ އިމާރާތްތަކަކީ ހިމަ ނަމަވެސް، ބަޔަކު މީހުންނަށް ހަމަ ޖެހިލައިގެން އުޅެވޭނެ ތަނެކެވެ. ރީތި ގޮތަކަށް ފަރުމާ ކޮށްފައިވާ އެތަންތަން މިހާރު ވެސް އަގު ބޮޑު ކޮށް އަންނަނީ ވިކެމުންނެވެ.

އެތަނުގެ އަގަށް ބަލާއިރު، މިވަގުތު ބާޒާރުގައި ވިއްކަން ޖަހާފައި ހުރީ ފްލެޓެއް އެއް މިލިއަން އެމެރިކާ ޑޮލަރަށެވެ. މި އަގު ބުނެފި ނަމަ، ދިވެހިން ހޭނެތިދާނެއެވެ. ލަންޑަންގައި އެއަގުގައި އެތަން ވިއްކާލާނީ އެތަނު ހުރި ސަރަހައްދުގެ ސަބަބުންނާއި ފަރުމާ ކޮށްފައިވާ ގޮތް ފުރިހަމަ ކަމުންނެވެ.

ލަންޑަންގައި އިމާރާތް ކޮށްފައިވާ އެ ފްލެޓްތަކަކީ "ތިން ހައުސް" އެވެ. އެގޮތަށް ނަން ދިން ކަމުގައި ވިއަސް އެއީ "އޮޕްޓިކަލް އިލިއުޝަނެއް" ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެއީ ފްލެޓްތަކުގެ އެތެރެއަށް ވަނުމުން އެތަން ކުޑަ ކަމެއް ނުދައްކާތީއެވެ.

މިފަދަ ފްލެޓްތަކެއް މާލޭގައި އަޅައިފިނަމަ، ފޮޓޮތަކުން ބަލާލަން ވެސް ދިރިއުޅޭ މީހުންނަށް އެތަނެއްގައި އުޅެން ވެސް ވަރަށް ފަސޭހަވާނެކަން ހަމަ ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހ މ ޒ

    ޔާމީނުވަރެއްނެތް!؟

    7
    3
  2. ބޯކިބާ

    މާލެ އެކަންޏެއްނޫން، ބަނގުލަދޭޝްގެ ދާކާއާއި އިންޑިއާއާއި އެފުރިކާގެ ތޮއްޖެހިފަ އެހުންނަ ހުރިހާ ތަނެއްގަވެސް ތިގޮތަށް އިމާރާތް ހެދިދާނެ. ނައިފަރުގަ މިހާރުވެސް ހުރޭ. ތާކުން ފޮޓޯއެއް ފެންނައިރަށް މާލެމާލެ.

  3. UH

    ޔެސް ޕްލީޒް!

    5
    1