ދެ ދަރިން ސަލާމަތްކުރަން ކުޑަކަމުދާ ތަކެތި ބުއި މީހަކު މަރުވެއްޖެއެވެ.

އެޓްލާންޓިކް ކަނޑުން ތުއްތު ދެ ދަރިންނާއި، ފިރިމީހާ އަދި ކުދިން ބަލަން ގެންގުޅޭ މީހަކާއެކު ބޯޓެއްގައި ދަތުރު ކުރަނިކޮށް މެރިލީ ޗޭކަން ނަމަކަށް ކިޔާ މި މީހާ މަރުވެފައިވަނީ ދަތުރުކުރަމުން ދިޔަ ބޯޓު ހަލާކުވެދިއުމާއެކު، ދަރިންނާއެކު މެރިލީ ކަނޑުވުމުން އެކުދިން ސަލާމަތް ކުރުމަށް ކުޑަކަމުދާތަކެތި ބުއިމުގެ ސަބަބުންނެވެ.

ވެނެޒުއޭލާ އަށް އުފަން މި އެންމެން ހަތަރު ދުވަސް ކަނޑުވެ ހޭދަކުރަން ޖެހިފައިވާއިރު، ކުދިންގެ ބަނޑުހައި ހޫނުކަން ފިލުވުމުގެ ގޮތުން މެރިލީ އެކުދިންނަށް ގާތުން ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި އާއިލާގެ މީހުން ދަތުރުކުރަމުން ދިޔަ ބޯޓު ހަލާކުވެ، ލައިފްބޯޓެއްގައި ކަނޑުގެ އޮޔާ އެއްކޮޅަށް ދެމިގެންދާން ހަތަރު ދުވަސް ކަނޑުމަތީގައި ހޭދަކުރަން ޖެހުނެވެ. ރިޕޯޓުތައް ބުނާގޮތުން މެރިލީން އާއެކު ބޯޓުން ދަރުކުރަމުން ދިޔައީ އޭނާގެ ހަ އަހަރުގެ ފިރިހެން ދަރިފުޅާއި، ދެ އަަހަރުގެ އަންހެން ދަރިއެވެ. އަދި މި ދެ ކުދިންނާއި ކުދިން ބަލަން ގެންގުޅޭ ވެރޮނިކާ މާޓިނޭޒްގެ ފުރާނަ ސަލާމަތް ވެފައިވާއިރު، މެރިލީ ފެނިފައިވަނީ މަރުވެފައި އޮއްވައެވެ. އަދި މެރިލީގެ ފިރިމީހާގެ ހަށިގަނޑު މިހާތަނަށް ފެނިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން އާންމު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ މެރިލީ ޑީހައިޓްރޭޓް ވުމުގެ ސަބަބުން ގުނަވަނެއް ފެއިލްވެފައިވާ ކަމަށެވެ. އަދި ސިއްހީ ރިޕޯޓުތައް ބުނާގޮތުން މެރިލީން މަރުވެފައިވަނީ ތިން ދުވަސް ވަންދެން ފެންފޮދެއް ނުބޮއި، ކުދަކަމުދާތަކެތި ބޮއެގެން ދެ ދަރިންނަށް ގާތުން ދިނުމުގެ ސަބަބުންނެވެ.

ވެނެޒުއެލާގެ ނޭޝަނަލް މެރިޓައިމް އޮތޯރިޓީއިން ބުނީ އެ ބޯޓު ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފނރ

    މައި ކުލުނު