އެމެރިކާގެ ސެކްރަމެންޓްރޯގެ ސެއިންތް ޖޯސެފް ކެތޮލިކް ގަބުރުސްތާނުގައި ހުރި ގަރުނެއްހާ ދުވަސްވީ މަހާނައަކުން އިންސާނެއްގެ އިސްތަށިގަނޑެއް މަހާނަ ތެރެއިން ނުކުމެފައިވާތަން ފެނިއްޖެއެވެ.

މަހާނަ ތެރެއިން އިންސާނެއްގެ އިސްތަށިގަނޑު ފެނިފައި ވަނީ ކެލިފޯނިޔާއަށް ނިސްބަތްވާ މީހަކަށެވެ. އޭނާ އަށް އެ އިސްތަށިގަނޑު ފެނިފައި ވަނީ ޓިކްޓޮކް އަށް ވީޑިޔޯ ނަގަމުން ދަނިކޮށެވެ. އެ ވީޑިއޯ ޓިކްޓޮކް އަށްވެސް ލާފައިވާއިރު އެ 1.5 މިލިއަން މީހުން ވަނީ އެ ވީޑިއޯ ބަލާފައެވެ. އަދި ވީޑިއޯ އަށް 290،000 ލައިކްސް މިހާތަނަށް ވަނީ ލިބިފައެވެ.

ޖޭމް ޕްރެސް އިން ރިޕޯޓުކުރާގޮތުގައި އިސްތަށިގަނޑު ފެނިފައި ވަނީ ޖޯލް މޮރިސަން ނަމަކަށް ކިޔާ މީހަކަށެވެ. އޭނާ ބުނީ މަހާނައިން އިސްތަށިގަނޑެއް ނުކުމެފައިވާތަން ފެނުމުން ވަރަށް ބިރުގަތް ކަމަށެވެ. އަދި އިސްތަށިގަނޑު ފެނުމުން ވަރަށް ހައިރާންވިކަމަށްވެސް އޭނާ ބުންޏެވެ.

@kaitlynnerbeznik

My brother found this disturbing bit of hair while on an adventure to a cemetery! #tumbleweave #cemetery #corpse #grave #gross #wtf #omg

♬ original sound - Kaitlynn Erbeznik

އިސްތަށިގަނޑު ފެނުނު މަހާނަ ވަނީ ގިނަ އަހަރުވުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެސް ލިބިފަ އެވެ. މޮރިސަންގެ ވީޑިއޯ އަށް ގިނަ ބަޔަކު ހިޔާލުފާޅުކުރަމުންދާއިރު ބައެއް ފަރާތްތަކުން ބުނަނީ މިއީ ވާރޭގެ ސަބަބުން ވަޅުލާފައިވާ ގަބުރު މައްޗަށް އަރައިގެން ދިމާވި ކަމަކަށް ވެދާނެ ކަމަށެވެ. ނަމަވެސް އިސްތަށިގަނޑު އެގޮތަށް އޮތުމުން އެތައް ބަޔަކު ސުވާލުއުފެއްދި އެވެ.

މޮރިސަން ބުނީ އޭނާ ގަބޫލުކުރާގޮތުގައި މަހާނަ ތެރެއިން އިސްތަށިގަނޑު ބޭރުވެފައި ވަނީ މަހާނަ ކައިރީ އިން ގަހެއްގެ މުލެއް މަހާނަ ތެރެއަށް ގޮސް ގަބުރު މައްޗަށް އަރައިގެން ކަމަށެވެ. އޭނާގެ ވާހަކަ އަށް ބައެއް މީހުން ވަނީ ތާއީދުކޮށް އެހެން އެކަން ދިމާވެދާނެ ކަމަށް ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސޯފޭކް

  ތިއީ އެދިމާލުން އެތެރެއަށް ކޮއްޕާލާފަ އޮތް އިސްތަށިތަކަކާ ވައްތަރީ. ބައެއް މީހުން މަޖަލަކަށް ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭނީ.

  16
  1
 2. އާދަމް

  މިޒަމާނަކީ ފޮލޯވަރުންގެ ޒަމާންތާ. ދުނިޔޭ އުޅުމަކީ ފޮލޯވަރުން. ފޮލޯވަރުންނަކީ ދުނިޔޭ އުޅުމުގެ ބާރު. މި އަޤީދާއަށް އީމާންވާ ތަންދޮރުނުދަންނަ ޖާހިލުން ފޮލޯވަރުން ގިނަ ކުރަން ކޮއްފާ ނުކުރާނެ ކަމެއް އޮންނާނެތޯ.؟އަމުދުން އެމެރިކާއޭ ބުނީމާ މިކަމަކީ އިތުރު ސުވާލެއް އުފައްދަން ޖެހޭ ކަމެއް ނޫން.

  12
  3
 3. Anonymous

  ތިވެދާނެ މީހަކު މަރާފަ ފޮރުވާފަ ކަމައްވެސް.

  8
  1
 4. ޑިރާސާ

  ތީ ހަމަ އެތާނގައި ބާއްވާފައި އޮތް އިސްތަށި ގަނޑެއް .. ވަގުތުމީހުން މުއްސަދި ވަނީ މިކަހަލަ މޮޔަ އާރޓިކަލް ލިޔެގެން ..

  2
  2