އެމެރިކާގެ ސްޓޭޓެއްކަމަށްވާ އަރިޒޯނާގެ ދަ ހޮޓަލް މޮންޓެ ވިސްޓާ އަކީ ޖިންނި އުޅޭ ހޮޓަލެކެވެ. އެ ހޮޓަލްގައި ނާމާން އެތައް ކަމެއް ހިނގައެވެ. އެތަނަށް ދާ ފަތުރުވެރިންނަށް އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. އެކަމަކު ގިނަބަޔަކު އެތަނަށް ދަނީ އެނގިތިބެއެވެ. ކޮމިއުނިޓީ ހޮޓަލެއްގެ ގޮތުގައި 1927 ވަނަ އަހަރު ހުޅުވި އެ ހޮޓަލަށް ނަން ދީފައި ވަނީ އެތަން އިމާރާތް ކުރުނަށް ފަންޑްސް ހޯދުމުގައި ހަރަކާތްތެެރިވި މީހުންނާއި ގުޅުވާފައެވެ.

އެތަން މިހާރު މަޝްހޫރު ވެފައި އޮންނަނީ ބިރުވެރި ކަންތައްތަކެއް ހިނގާތަނެއްގެ ގޮތުގައެވެ. އެގޮތުން އެތަނުގެ ބައެއް ކޮޓަރިތަކުން އަޑުއިވުމައި އާދަޔާ ހިލާފު ކަންތައްތައް ވެގެން ދެއެވެ. ހާއްސަކޮށް އެ ހޮޓަލުގެ 220 ކޮޓަރިއެވެ.

އެ ކޮޓަރީގައި ނިދި ފަތުުރުވެރިންނަށް ވަނީ އަމިއްލައަށް ޓީވީގެ ޗެނަލްތައް ބަދަލުވާ އަޑު އިވިފައި ވެއެވެ. އަދި ނިދާފައި އޮންނައިރު، ފިނި އަތަކުން އެ މީހުންގެ ގައިގައި ފިރުމާ ހަދާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބައެއް ފަތުރުވެރިން ބުނެފައި ވެއެވެ.

މިއީ ބިރުވެރި ކަންތައްތަކަށް ނުވާނަމަ އަދިވެސް އެތަނުގައު ތެރޭގައި ހިނގާ ބައެއް އިތުރު ކަންތައްތަކުގެ ވާހަަކަ ހިއްސާކޮށްލާނަމެވެ. އެެގޮތުން ބެލްބޯއިގެ ގޮތުގައި މަސައްކަތް ކުރާ މީހަކު ކޮޓަރީގެ ދޮރުގައި ޓަކިޖަހައި، ރޫމް ސާވިސް ކަމަށް ބުނި ނަމަވެސް އެ ފަތުރުވެރިން ދޮރު ހުޅުވާއިރު އެއްވެސް މީހަކު ފެންނަން ނުހުންކަންވެސް ފާހަގަކޮށްފައި ވެއެވެ. އަދި މީގެ އިތުރުން، އެންމެ އުނދަގޫތަކަމަށް އެންމެންނަށްވެސް ފާހަގަވެފައި ވަނި ހޮޓަލުގެ ބޭސްމެންޓުން ތުއްތު ކުއްޖެއްްގެ ރޯއަޑު އިވުމެވެ. އެ އަޑުއިވޭ ގޮތުން އެއީ އަސްލުހެން ހީވިނަމަވެސް، އެއްވެސް މީހަކަށް ރުއިމުގެ އަޑުތައް އަންނަނީ ކިހިނެއް ކަމެއް ނޭނގެއެވެ.

އެތަނުގައި މަސައްކަތް ކުރާ ބައެއް ސްޓާފުންނަށްވެސް އެ އަޑުތައް އިވިގެން ބިރުން އުޅޭ ފަހަރު އާދެއެވެ.

އެހެންކަމުން މިފަދަ ހޮޓަލަކަށް ޗުއްޓީ ހޭދަކޮށްލަން ދާން ކެރިދާނެހެއްޔެވެ؟ ކެރޭ ނަމަ އަވަހަށް ބުކް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޭބަލިވެދާނެ

    “އެހެންކަމުން މިފަދަ ހޮޓަލަކަށް ޗުއްޓީ ހޭދަކޮށްލަން ދާން ކެރިދާނެހެއްޔެވެ؟ ކެރޭ ނަމަ އަވަހަށް ބުކް ކުރާށެވެ.”
    އެހެންތަ؟؟
    މުސާރައިގެ މައްސަލައިގައި %70 އޮފީސްތައް ހުއްޓުމަކަށް!
    މިއުޅެނީ މިޤުމައި ބަގުޑިބައްދާ ބަޔަކު ރައުސުލްމާލު ދަވާލައިގެން. ދެނޯ؟؟؟

    6
    2
  2. އަދުރޭ

    މަ ދިޔައިން ތި ތަނައް 2018 ގަ

    2
    2