ރާއްޖޭގެ ޓިކްޓޮކް ތަރިންގެ ތެރެއިން ވިދާލި ފަންނާނުންގެ ތެރެއިން އާއްމުންގެ އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވަނީ އައިމިނަތު ރަޝްފާ(އާޝާ) އާއި ފާތިމަތު ޝަރާއެވެ. ފިލްމީ ދާއިރާގައި އަރަމުން އަންނަ މި ދެ ފަންނާނުނަކީ އެންމެ ގާތް ދެ އެކުވެރިންނެވެ. މި ދެ އެކުވެރިންގެ ގުޅުން ވަރުގަދަވީ ޓިކްޓޮކްއަށް ވަދެ އެކުގައި ވަގުތު ހޭދަކުރި ފަހުން ކަމަށް ވާއިރު ފިލްމީ ދާއިރާގެ މަސައްކަތްތަކުން ބޭރުންވެސް މިދެ ތަރިން އެކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރިއެވެ.

އެ ދެ ފަންނާންގެ ތެރެއިން އާޝާގެ އުފަންދުވަސް އައީ މި ދިޔަ ހަފްތާގައެވެ. ދިވެހި ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާއަށް ނުކުތް އާޝާ ޕްރޮޑިއުސްކޮށް ކުޅެފައިވާ ދެވަނަ ވީޑިއޯ ލަވަ 'ޝިކާރަ" އޭނާގެ އުފަންދުވަހު، ސެޕްޓެމްބަރު 18 ވަނަ ދުވަހު ރިލީޒްކުރި ވާހަކަ މީޑިއާތަކުން ވާނީ އަޑު އަހާފައެވެ.

އެހެންނަމަވެސް އާޝާގެ އުފަންދުވަހުގެ މުނާސަބަތުގައި ހިނގި ހަމައެކަނި ޚާއްސަކަމަކީ މިއީ އެއް ނޫނެވެ. އެކުވެރި ޝަރާގެ ފަރާތުން އުފަންދުވަހު ދިން ހަދިޔާވެސް އެހާމެ ހިތްގައިމެވެ. ޝަރާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކުރި ފޮޓޯތަކުގައި އާޝާ އާއި އޭނާ އެކުގައި ކޭކެއް ހިފަހައްޓައިގެން ތިބި މަންޒަރުފެނެއެވެ. އެ ފޮޓޯގެ ފުރަގަހުން ފެންނަނީ ފުއްޕާހަމުން ލިޔެފައިވާ ބަސްތަކެކެވެ. އާއްމުކޮށް އުފަންދުވަހު މީހުން ބޭނުން ކުރަނީ "ހެޕީ ބާތްޑޭ"، "އުފާވެރި އުފަންދުވަހަކަށް އެދެން" ފަދަ ލިޔުންތައް ހުންނަ ބެނާ އާއި ފުއްޕާހަމެވެ. އެހެން ނޫންނަމަ އެ މީހަކަށް ފުރޭ އަހަރު އެނގޭނެ ފަދަ ފުއްޕާހަމާއި އަކުރުތަކެވެ.

އެކަމަކު ޝަރާ އާޝާއަށްޓަކައި އެ ދުވަހަށް ޚާއްސަކޮށް ފުއްޕާހަމުން ލިޔެފައި ވަނީ މުޅިން ތަފާތު ބަހެކެވެ. ރިހި ކުލައިގެ ފުއްޕާހަމުން އިނގިރޭސިން ލިޔެފައި ވަނީ "ޔާރު" މިހެންނެވެ. މާނައަކީ ގާތް އެކުވެރިޔާއެވެ. ފޮޓޯ އިން ފެންނަ ކަޅު ހޭހްގެ މަތީގައި ހުރީ އެ ދެ މީހުން އެކުގައި ނަގާފައިވާ ހިތްގައިމު ފޮޓޯއެކެވެ. އެ ކޭކުގެ ތިރީގައި ވެސް ލިޔެފައި ވަނީ "ޔާރު" މިހެންނެވެ. އެ ފޮޓޯ އިން ޝަރާ އާއި އާޝާ އެކުގައި ނަގާފައވާ ފޮޓޯއަކާއި އެކު ތައްޔާރުކޮށްފައިވާ ފްރޭމެއް ވެސް ފެނެއެވެ.

"އިރު ދަޅަ އަޅާ އިރު ދެ މީހުން އެކުގައި ވިދާނެ ކަމަށާއި، އެކުވެރިއެއްގެ ގޮތުގައި ކައިރީވާން ވީ ވައުދު ފުއްދާނެ ކަމަށް" އެ ފްރޭމްގައި ލިޔެފައިވެއެވެ.

މި ދެތަރިން ބުނާގޮތުގައި، އެމީހުންގެ ގުޅުން ވަރަށް ރަނގަޅެވެ. ދުވަހަކު ބޮޑު މައްސަލައެއް ދިމާނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮންކަމެއް..!!!؟؟

    ސްޓޮޕްމޭކިންގ ސްޓުޕިޑް ޕީޕަލްފޭމަސް.. އަހަރެމެންއަށްކީއް ތި ދެމީހުން އެކަކު އަނެކަކަށް ކޮންމެކަމެއްކުރިޔަސް..

    36
  2. އާދަމް

    އެމީހުން ގެ ގޮތަށް ބާތުޑޭ ވެސް ފާހަގަކުރަނީ. އެމީހުންގެ ގޮތަށް ކައިވެނި ޕާޓީ ވެސް ބާއްވަނީ. އެމީހުން ގެ ހެދުން ލައިގެން ވެސް ތިބީ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް. އެމީހުން ގެ ފަހަތުލައިގެން، އެމީހުން ބުނިއްޔާ ބުނިކަމެއް ކޮއްގެން ގޮސް، އެމީހުން ޟައްބު ގެ ހަރަށް ވަނަސް މި މީހުން ވެސް ގޮސް އެ ހަރަށް ވަންނާނެ.
    ދެން ކޮން އެމީހުންނެއްތޯ އައްސަވަ ބައްލަވާ! ތެދުކުރައްވާ.. އެއީ ޔަހޫދީންނާއި ނަސާރާއިން......

  3. އަހަރެން

    މިދެމީހުން ތިއީ ވަރަށް ބޮޑު ދެދުޝްމަނުންނަށްވެސްވި ދެމީހުން އެކަކު އަނެކަކު ހިންގާފަހުރި ޖަރީމާ ފަޅާއަރާދާނެތީވެސް ތިހެން އުޅޭނެ ... ތިއީ ހަމަ ހުސް ދެއްކުންތެރިކަން

  4. ފާތުން

    މިވެސް ދެން ހަބަރެއްތަ