ދިވެހި ފަންނާނުންގެ ތެރެއިން މީސް މީޑިއާގައި އެންމެ މަގުބޫލު ފަންނާނުންގެ ލިސްޓެއް އެކުލަވާލާ ނަމަ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ހިމެނޭނީ އެ ލިސްޓުގެ އެއްވަނައިގައެވެ. އައްޒަގެ ފޭނުންނަށްޓަކާ އައްޒަ އަކީ ހިތްހެޔޮ ރާނީއެކެވެ. އޭނާގެ ފޭނުން ތިބެނީ އޭނާގެ ކޮންމެ ކަމަކަށް ސާބަސްދީ ހިއްވަރުދޭން އަބަދުވެސް ތައްޔާރަށެވެ. އެކަން ހަމައެކަނި އޭނާގެ އިންސްޓަގްރާމަށް ބެލިޔަސް އެނގޭނެއެވެ. އައްޒަ ފޮލޯކުރާ މީހުންގެ އަދަދު 97،700 އަށް އަރައެވެ.

އައްޒަގެ އިތުރުން އޭނާގެ ބައިވެރިޔާ އަދި ބަތަލް އަބްދުﷲ މުއާޒް (މުއާ) އަކީ ވެސް އާއްމުންގެ މެދުގައި އެހާމެ މަގުބޫލު ފަރާތެކެވެ. އައްޒަ އާއި މުއާ ކައިވެނި ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. އެހެންކަމުން މިއަދަކީ މި ދެ ތަރިންގެ ކައިވެންޏަށް އެއް އަހަރާއި ހަތް މަސް ފުރުނު ދުވަހެވެ.

އެ ކައިވެންޏަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ރަންކީ ދުވަހު އައްޒަ ކައިގެން ހުރި ހުދު ކަރުފެހި ލިބާހުގެ ދިވެހި ވަންތަކަމާއި އައްޒަ އާއި މުއާގެ ކައިވެނީގެ ހަފްލާގެ ފުރިހަމަކަން ފޭނުންގެ ހަނދާނުގައި އަދިވެސް ހަރުލާފައި ހުންނާނެ ކަން ގައިމެވެ. މުއާ އާއި އައްޒަ އަކީ ދިވެހި ފަންނާނުންގެ ޖޯޑުތަކުގެ ތެރެއިން ދިވެހިންނަށް އެންމެ ކަމުދާ އެއް ޖޯޑެވެ. އަބަދުވެސް ލޯބި މެސެޖުތަކާއި ހަދިޔާތަކާއި، ޚާއްސަ ސަޕްރައިޒްތަކުން އެކަކަކު އަނެކަކު އުފާކޮށްދޭ މި ޖޯޑަކީ އެ ދެ މީހުން އެކަކު އަނެކަކާއި މެދު އޮންނަ ޝުއޫރުތައް ބަންޑުންކޮށްލަން ފަސް ޖެހޭ ބައެއް ނޫނެވެ.

މިފަހަރު ވެސް އައްޒަ އާއި މުއާގެ މީސްމީޑިއާއިން ފެންނަނީ މި މަންޒަރެވެ. މުއާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރީ ކުރި ފޮނި މެސެޖެކެވެ. އެ މެސުޖުގައި ވަނީ އޭނާގެ އަނބިމީހާ، އައްޒަ ދެކެ ލޯބިވާ މިންވަރު ހާމަކޮށް ދުވަހުގެ ތަހުނިޔާ އަދާކޮށްފައެވެ.

އައްޒަ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ އާއި އެކު ލިޔުނު މެސެޖުގައި ވަނީ އުމުރު ދުވަހު މުއާ އާއި އެކުގައި ވުމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. އަދި އަބަދުވެސް އެއްވަރަކަށް ލޯބިވާ ކަމަށް ދޭހަވާ ފަދަ މެސެޖެއް އޭނާ ވަނީ ލިޔެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިނގެރޭސި

    އައި ޑޫ ނޮޓް ކެއަރ.

    11
  2. ޛުލޭޚާ

    ޢައުރަ ނިވާނުކުރާ އަންހެނެއްގެ ވާހަކަ އިރުއިރުކޮޅުން ލިޔުމަކީ މާމޮޅު ކަމެއްތަ؟

    15
    2
  3. Anonymous

    "އައްޒަ ކައިގެން ހުރި ހުދު ކަރުފެހި ލިބާހެއް" ތޯ އެވެ؟ ތިމާގެ ދުލުން ބުނާ ބުނުމުގައި، ލިޔާ ލިޔުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
    އެހެން ނޫނަސް މިޒާތުގެ މީހުންގެ ފޮލޯވަރުން ގިނަވީމާ މީހުންގެ ލޮލުގެ އެސްފީނަޔާ، މީހުންގެ ބަދު ބަސްތަކާ، މީހުންގެ ކުރިމަތީގައި ބަދުނާމުވުން ނޫން ގޮތެއް ނެތް. އެއީ ފޮލޯވަރުން ލިބޭގޮތަކީ. އެހެން ނޫނަސް އޭނަޔާ އޭނަގެ ބައިވެރިޔާ ހިތްހަމަޖެހޭތާކަށް އެރީމަ ނިމުނީ. ދެމަފިރިންގެ ދިރިއުޅުމުގެ ތަސްވީރުތަކަކީ އަނެކުންނަށް ހާމަކޮށް ނެރެ ދައްކަންޖެހޭ އެއްޗެއް ނޫން.

  4. Anonymous

    ތިޔަ މީސްމީހުންގެ އުފާވެރިކަމުގެ ތަސްވީރުތައް ލިޔެ، ހާމަކޮށް، ދައްކާ ނެރުނީމާ، ރައްޔިތުންގެ އަޢްލަބިއްޔަތުގެ ކޮމެންޓާ ޚިޔާލު ހުރި ގޮތް އެހެރީ ފެންނަން. ދެން ކީއްކުރަން ލިޔާ ޚަބަރުތަކެއް ތީ. ފަޟީޙަތްވުން ނޫން ގޮތެއް ނެތް. އެތައް އެސްފީނާތަކަކަށް ހުށަހޮޅި ވަކި ހިސާބަކުން ނަފްސާނީ ބަލިމަޑުކަމަކަށް ވެސް ވެދާނެ. އޭގެ ކުރިން ނޫސްވެރިން ތިކަން ކުރުން ހުއްޓާލަންވީ.

  5. އަޙްމަދު

    އަހަރުމެންނަށް ކޮން ކަމެއް ތިދެމީހުން 100 އަހަރު އެކުގައު އުޅެ ކޮންމެ ކަމެއް ކުރިޔަސް!

    1
    1
  6. ގުރަހަ

    97،700 ފޮލޯވަރުން ތިބީމަ ހުރި މޮޅަކީ ކޮބައިކަން ބުނެދީބަލަ މިވާހަކަ ލިއުނުމީހާ. ތިމާ އެކަނި ކައްވަޅުގެ އަނދިރީގަ ބިރުވެރިކަމުގަ އޮންނަންޖެހޭ ދުވަހު އެންމެ ކުޑަމިނުން ތީގެން މީހަކު ހެޔޮދުޢާއެއްވެސް ކުރާނެހެނެއް ހިއެއްނުވޭ. ލޯމަތިން ދިޔައިމަ އެނިމުނީ. މާޒީން އިބްރަތް ހާސިލުކޮށްގެން ތިމާގެ އުޅުން ﷲ ރުއްސަވާ މަގަށް އަނބުރާލުން ބުއްދިވެރި.