ކަރީނާ ކަޕޫރް ހާން ހަވާޑް ޔުނިވަރސިޓީގައި ކިޔަވަން ހޭދަކުރި ދުވަސްތަކަކީ ބުރަ ދުވަސްތަކެއް ކަމަށް އޭނާ ބުނެފިއެވެ.

ބޮލީވުޑްގެ ހިތްގައިމު ފިލްމުތަކުން ފެނިފައިވާ ކަރީނާ އަށް 41 އަހަރު ފުރޭއިރު ތައުލީމް ހާސިލް ކުރުމަށްވެސް މަސައްކަތް ކުރި ކަން ހާމަކޮށް ކަރީނާ ވާހަކަ ދައްކާފައި ވަނީ ސިޕީ ގެއާވަލްއާއި އެކު ރެންޑެޒްވޮސްގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުންނެވެ.

ހަވާޑްގައި ރަނގަޅު ދުވަސްކޮޅެއް ހޭދަކުރި ނަމަވެސް އެއީ ބުރަ ދުވަސްތަކެއް ކަމަށް ކަރީނާ ބުންޏެވެ. ހަވާޑް އަށް ދާން އުޅޭކަން އެނގުމުން އާއިލާގެ ބައެއް މެމްބަރުން ދެކޮޅުހެދިކަމަށް އޭނާ ބުންޏެވެ. އެގޮތުން ކަރީނާގެ މަންމަ ބަބީތާ އާއި ދައްތަ 47 އަހަރުގެ ކަރިޝްމާ ކަޕޫރްވެސް އެކަމާ ދެކޮޅުހެދި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީ އަށް ދާން ކަރީނާ ހުރިހާ މަސައްކަތެއް ކުރީ އެކަނި ކަމަށް އޭނާ ބުންޏެވެ. އޭނާ ހަވާޑް އިން ކިޔެވީ މައިކްރޯކޮމްޕިއުޓާސް އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އެވެ.

ކަރީނާ ހަވާޑް އަށް ދާވާހަކަ އިވުމުން އާއިލާގެ ބައެއް މެމްބަރުން އެކަމާ ވަރަށް އުފާވިއެވެ. އެމީހުންނަށް އެއީ އޮސްކާ އެވޯޑެއް ލިބުމަށްވުރެ ބޮޑު ކަމަކަށް އެކަން ވި ކަމަށް ވެއެވެ. ހަވާޑް ޔުނިވަރސިޓީ އަށް ދެމުން އެތަނަކީ ކަރީނާ ހީކުރި ގޮތާއި ތަފާތު ތަނަކަށް ވިއެވެ. ފަތިހު ހޭލަންޖެހޭ މަސައްކަތް ބުރަ ތަނަކަށް އެތަން ވި ކަމަށް ކަރީނާ ބުންޏެވެ.

ފިލްމީ ދާއިރާ އަކީ ހަގީގަތުގައި ކަރީނާގެ އަސްލު ކެރިއާ ކަމަށް ގަބޫލުކުރެވި އެނބުރި ކަރީނާ ފިލްމީދާއިރާއަށް އައިކަމަށް އޭނާ ބުންޏެވެ. ކަރީނާ ފެނިގެން ގޮސްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ކަބި ހުށި ކަބި ގަމް، އޮމްކަރާ، ޖަބް ވީ މެޓް، ހިރޮއިން، 3 އިޑިއެޓް އަދި އިތުރު ފިލްމުތައްވެސް ހިމެނެ އެވެ.