ފްރާންސްގައި މީހަކު 70 މީޓަރު އުސް ވަލެއްގެ މަތިން 600 މީޓަރަށް ހިނގައިފިއެވެ.

ލޯބިވެރިންގެ ބޮޑު މަންޒިލެއް ކަމަށްވާ ފްރާންސްގެ އައިފަލް ޓަވަރު ކުރިމަތިން ވަލެއްގެ މަތިން ހިނގައި އެތައް ބަޔަކު ހައިރާން ކުރުވީ ނޭތަން ޕައުލިން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ވާ ދަމައިގެން ހިނގުމުގެ ހުނަރު ލިބިފައިވާ މަޝްހޫރު މީހެކެވެ.

އެތައް ސަތޭކަ ބަޔަކު ކުރިމަތީގައި ނޭތަން ވަލެއްގެ މަތިން އައިފަލް ޓަވަރުން ފެށިގެން ސެން ކޯރު ހުރަސްވާހިސާބަށް ވަނީ ހިނގާފައެވެ. 27 އަހަރުގެ ނޭތަން މީހެއްގެ ބޯމަތިން އިތުރު އެހީއަކާއި ނުލައި ހިނގިއިރު މީހުންތައް އެއިފަލް ޓަވަރާއި ކޯރުގެ އައްސޭރި ފަށުގައި ބަލައިގެން ތިއްބެވެ.

ނޭތަން ވަލެއްގައި ހިނގާ މަންޒަރު ފޮޓޯ: ގޫގުލް

ނޭތަން ވަނީ ވާފަށުގެ މަތިން ހިނގަމުނަ ގޮސް އިރުކޮޅެއް ވަންދެން ވާފަށުގައި އިށީނދެ އަދި އޮށޯވެގެންވެސް އޮވެފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ނޭތަން ވާފަށުގައި ހިނގާފައި ވަނީ ފްރާންސްގެ ހެރިޓޭޖް ދުވަސް ފާހަގަކުރުމުގެ ތެރޭގައި ކަމަށެވެ.

ވާފަށެއްގެ މަތިން ހިނގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ނޭތަން ބުނީ މިކަން ކުރި އިރު ވަރަށް ސްޓްރެސްވި ކަމަށެވެ. އެއީ ވަރަށް ގިނަ މީހުން މަންޒަރު ބަލަން ތިބުމުން ކަމަށް އޭނާ ބުންޏެވެ. މިކަން ކުރި އިރު ވަރަށް ސަމާލުކަންދީގެން ކުރެވުނު ކަމަށާއި މި ތަޖުރިބާ އަކީ ވަރަށް ތަފާތު ރީތި ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ.

ހެރިޓޭޖު ދުވަސް ފާހަގަކުރުމުގެ ގޮތުން ފްރާންސްގައި އާއްމުންނަށް ކުރިން ނުވަދެވޭ އިމާރާތްތަކާއި ހަނދާނީ ބިނާތައް ވަނީ ހުޅުވާލާފައެވެ.