އެމެރިކާގެ އިންޑިއާގެ ތުއްތު ކުއްޖަކަށް ފުއްޕާހަމެއް އަނގައަށް ލެވި، ނޭވާ ނުލެވިގެން މަރުވެއްޖެއެވެ.

އުމުރުން ނުވަ މަހުގެ ކެޓީ ޗެމްބާލިންގެ ދަރިފުޅު ޖަސްޓިން މަރުވީ އޭނާ ކުޅެން މަންމަ ދީފައި އޮތް ފުއްޕާހަމެއް އަނގައަށް ލައިގެން އުޅުމުގެ ތެރޭގައެވެ. ޖަސްޓިން މަރުވުމުން ކެޓީ ވަނީ އެފަދަ ނުރައްކާތެރި ހާދިސާއެއް ކޮންމެ ކުއްޖަކަށް ވެސް ދިމާވެދާނެ ކަމަށް ބުނެ މައިންބަފައިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މައިންބަފައިން މިފަދަ ހާދިސާ އަކަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށް ކޭޓް ލިޔުނު ފޭސްބުކް ސްޓޭޓަސް އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ޖަސްޓިން އަށް ނޭވާ ނުލެވިގެން އުޅޭ މަންޒަރު ފެނުމުން ކޭޓް ވަނީ ވަގުތުން ދަރިފުޅަށް ސީޕީއާރް ދީފައެވެ. ވަރަށް އަވަހަށް ޖަސްޓިން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އޭރު އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ ޖަސްޓިންގެ މަރުގެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށާއި ޖަސްޓިންގެ މަރުގައި މަންމަގެ އިހުމާލެއް އޮތް ނަމަ މަންމަ އާއި ދެކޮޅަށް ދައުވާ އުފުލާނެ ކަމަށެވެ.

ދަރިފުޅު ބެލުމުގައި ކޭޓްގެ އިހުމާލެއް އޮތްކަން ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ހަތަރު އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    މި ލިޔުމުގެ ފެށޭ ތަނުގައި އެއޮތް "އެމެރިކާ އިންޑިޔާ" އަކީ ކޮން ތަނެއްބާ؟

  2. އިމް

    ސޭޑް..