ހަށިގަނޑު ފަލަވެ، ބަރުދަން ބަރުވުމަކީ ކުރަން ބޭނުންވާ ގިނަ ކަންތައްތަކުން މަހުރޫމު ވުމުގެ އިތުރަށް އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ވެސް ލިބޭ ކަމެކެވެ. ފަލަކޮށް ތިބޭ މީހުންނަށް ކުރާ މަލާމާތުގެ ސަބަބުން ބައެއް މީހުން އެކަހެރިވި ނަމަވެސް ބައެއް މީހުން ހިތްވަރާއި އެކު ހަށިގަނޑަށް ބަދަލު ގެނެއެވެ.

ތަފާތު ވައްތަރުގެ ހެދުން އަޅަން ބޭނުންވާ ނަންދިތާ މާތުރުއަކީ ވެސް ބަރުދަނުގައި 98 ކިލޯ ހުރި މީހެކެވެ. އެތައް ބައެއްގެ މަލާމާތާއި، މީހުންގެ ފަރާތުން އިވޭ ދެރަބަސްތަކުގެ އިތުރަށް އެންމެ ކުރަން ބޭނުންވާ ކަންތައް ކަމުގައިވާ ތަފާތު ވައްތަރުގެ ހެދުން އެޅުމުން ވެސް މަހުރޫމު ވިއެވެ.

ނަމަވެސް ނަންދިތާގެ މަންމައާއި ފިޒިކަލް ޓްރެއިނަރެއް ކަމުގައިވާ ނަންދިތާގެ ރަހުމަތްތެރިއެއްގެ ބުރަ މަސައްކަތުން ''އެކްސްއެކްސްއެލް'' އިން ''އެކްސްއެލް'' އިން ''ލާޖް'' އިން ''މީޑިއަމް'' އަށް ސައިޒް ބަދަލު ކޮށްލިއެވެ.

ނަންދިތާގެ ހަށިގަނޑުން 18 މަސްދުވަހުގެ ތެރޭގައި 35 ކިލޯ ލުއިކޮށްލީ ބަތާއި ރޮށިކެއުން ހުއްޓާލައިގެންނެވެ.

ނަންދިތާގެ ޑައިޓްގައި ހިމެނެނީ:

ހެނދުނުގެ ނާސްތާއަށް އޯޓްމީލް، ބިހުގެ ހުދުބައި، އަދ ޖޫހެވެ.

މެންދުރުގެ ކެއުމުގައި ހިމެނެނީ ބީންސް، ލެންޓިސް އަދި ސެލަޑެކެވެ.

ރޭގަނޑުގެ ކެއުމުގައި ހިމެނެނީ ފެނުކެއްކި ކުކުޅު ކޮޅަކާއި، މުގާއި އަދި ސެލެޑެކެވެ.

ކެއުމުގައި މި ބާވަތްތައް ބޭނުން ކުރުމުގެ އިތުރަށް ނަންދިތާ ވަނީ ކަސްރަތު ކުރުމުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ.

މިގޮތުން ކަސްރަތު ކުރުމުގައި އެންމެ ފުރަތަމަ ކުރެވުނީ ކާޑިއޯ އެކްސަޒައިޒްތަކެވެ. އެއަށްފަހު ސްކޮޓްސްއެވެ. އަދި އެންމެ ފަހުން ކަންގްސްގެ އެކްސަޒައިޒްތައް ފެށުނެވެ.

މި ޑައިޓާއި ކަސްރަތުން ނަންދިތާގެ ބަރުދަން ލުއިކޮށްލީ އެންމެ 18 މަސްދުވަހުގެ ތެރޭގައެވެ.