މިއީ މިހާރު ހޮޓަލެކެވެ. އެމެރިކާގެ އެންމެ ބިރުވެރި 10 ތަނުގެ ތެރޭގައި ހިމެނޭ ތަނެެވެ. އެތަން އެހަ ބިރުވެރީ ކުރީގައި ހިނގާފަައިވާ ކަންތައްތަކުގެ ސަބަބުންނެވެ. އެސްޓީ ލުއިސްގައި ހުންނަ މިތަނަށް ކިޔަނީ ދަ ލެމްޕް މެންސަން އެވެ.

މިއީ 1860 ވަނަ އަހަރުގެ ތެރޭގައި އިމާރަތް ކުރި 33 ކޮޓަރީގެ ގެއެެވެ. މި ގެ އިމާރަތްކޮށްފައި ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ ވިލިއަމް ޖޭ ލެމްޕް އެސްއާރް އިމާރަތްކުރި މި ގޭގައި އޭނާގެ އާއިލާ ދިރިިއުޅުނެވެ. އެއިރު ވަރަށް އުފާވެރިއެވެ. އެހެން ނަމަވެސް، 1904 ވަނަ އަހަރު އޭނާގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު ފްރެޑެރިކް މަރުވިއެވެ. ފެރްޑްރިކްއަކީ ވިލިއަމް އެންމެ ލޯބިވާ ދަރިފުޅެވެ. ސިއްހަތު ރަނގަޅު ކުއްޖެއް ނޫނެވެ. އުމުރުން 28 އަހަރުގައި އޭނާ މަރުވީ ހިތް ހުއްޓިގެންނެވެ. އޭގެ ފަހުން ވިލިއަމްގެ އެންމެ ގާތް އެކުވެރިޔާ މަރުވިއެވެ. މި ހުރިހާ ކަމަކަށް ކެތްނުވެގެން އޭނާ އަމިއްލައަށް މަރުވީއެވެ.

ވަނަ އޭގެ އަހަރުތަކެއް ފަހުން އޭނާގެ އަންހެނުންވެސް ވަނީ އެގޭގައި ކެންސަރު ބަލީގައި މަރުވެފައެވެ. މި ނިމުނީ ނޫނެވެ. 1922 ވަނަ އަހަރު ވިލިއަމް ލެމްޕް ޖޭއާރް ވަނީ ވިލިއަމް އެސްއާރް މަރުވި ކޮޓަރީގައި އަމިއްލައަށް މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއި ދެމެދު ޖެހުނު މައްސަލަތަކާއި ގުޅިގެން ކަމަށް ވެއެވެ.

މިކަންތަކަށް ފަހު ލެމްޕް އެސްއާރް އަންހެން ދަރިފުޅު އެލްސާވެސް ވަނީ މަރުވެފައެވެ. އޭނާ މަރާލީ ކަމަަށްވެސް ވާހަކަދެކެވުނެވެ. އޭނާ މަރުވީ އެ ގޭގައި ނޫނެވެ. ފިރިމީހާއާއެކު އެހެން ގެއެއްގައި ދިރިއުޅެމުންދަނިކޮށެވެެ.

އޭގެ ފަހުން 1949 ވަނަ އަހަރު ޗޭލްސް ލެމްޕް ވިލިއަމްސް ވަނީ އަމިއްލައަށް މަރުވެފައެވެ. އޭނާ އަމިއްލައަށް މަރުވީ ކުއްތާ މަރާލުމަށްފަހުއެވެ. އޭނާއަކީ ލެމްޕް އާއިލާގެ ފަހުން ދުނިޔޭގައި ހުރި ހަމައެކަނި މެންބަރެެވެ. އޭނާގެ މަރާއެކު އެންމެ ފަހުން އެގެ ވިއްކާލިއެވެ. އެގޭގައި ބިރުވެރި ކަންތައް ހިނގަން ފެށީ އޭގެ ފަހުންނެވެ.

އެގޮތުން އެތަނުގައި އުޅުނު ބައެއް މީހުންނަށް ވަނީ ހަށިގަނޑަށް ހޫނުލުމުގެ އިހުސާސްތައް ކުރެވިފައެވެ. އަދި އެތަނުގައި ދޮރުތައް ލައްޕާ ހުޅުވާ އަޑުއިވެއެވެ. މިހާރު އެތަނަކީ ބޮޑު ރެސްޓޯރެންޓަކާއި އިވެންޓްތައް ބާއްވާ ތަނަކަށްވެސް ވަނީ ވެފައެވެ.