ގާނާގެ ކުޑަ ކުއްޖަކު ވަކަރުން ސްކޫޓާއެއް ހަދައި ސޯލާ ޕަވާއިން އެ ޗާޖު ކުރެވޭ ގޮތް ހަދައިފިއެވެ.

ސެމިއެލް އެބޯގްޔާ ނަމަކަށް ކިޔާ ގާނާ ކުއްޖާ ހަދާފައިވާ ސްކޫޓާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު މި ސްކޫޓާގައި ބައްތި، ބްރޭކް، ލަވަ ޖެހި ރޭޑިއޯ އަޑު އެހޭ ގޮތަށް ހުންނަ އިރު ބްލޫޓޫތް މެދުވެރިކޮށް ފަސޭހައިން ފޯނުން ޖަވާބުދެވޭގޮތް ވެސް ހުރެއެވެ.

އެބޯގްޔާ ބުނީ އޭނާ އަށް މިފަދަ ސްކޫޓައެއް ހެދުމުގެ ހިޔާލު ލިބުނީ ގެ ކައިރީ އަވަށްޓެރިން އަލިފާން ރޯކުރުމަށް އެއްކޮށްފައި ހުރި ދަރުތައް ފެނިފައި ކަމަށެވެ. އަލިފާން ރޯކުރުމުގެ އިތުރުން އެހެން ކަމަކަށްވެސް ވަކަރުތައް ބޭނުންކުރެވިދާނެ ކަމަށް ބަލައި އެއިން ސްކޫޓާ އެއް ހެދީ ކަމަށް އެބޯގްޔާ ބުންޏެވެ.

ފުރަތަމަ އެބޯގްޔާ ބޭނުންވީ ދަރުތަކުން ކާރެއް ހެދުމަށެވެ. ނަމަވެސް ފައިސާގެ ދަތިތަކާއި ހެދި އޭނާ އެ ހިޔާލު ދޫކޮށްލައި ސްކޫޓާއެއް ހެދިއެވެ. މި ސްކޫޓާ ހަދާފައި ވަނީ ގެއިން ލިބެންހުރި ތަކެތިންނެވެ. މި ސްކޫޓާ އެއްވެސް މައްސަލައެއް ނުޖެހި ދުވާ ކަމަށް ވެއެވެ.

ސްކޫޓީ ހެދުމަށްފަހު އޭގައި ހުރި ބައްތިއާއި އެހެނިހެން ހަކަތަ ބޭނުންވާ ތަކެއްޗަށް ހަކަތަ ހޯދުމަށް އެބޯގްޔާ ބޭނުންކުރީ ފޯނު ބެޓަރިތަކެވެ. އޭގެ ފަހުން ސޯލާ (އިރުގެ އަލިން ކަރަންޓު އުފައްދާ ގޮތް) އިން ހަކަތަ ނަގާ ގޮތް ސްކޫޓާގައި އޭނާ ހެދިއެވެ.

މީގެ ކުރީގައިވެސް އެބޯގްޔާ ވަނީ ކަރަންޓު ސާމާނުތައް ހަދާފައެވެ. އެގޮތުން ދޮންނަ މެޝިންފަދަ ތަކެތިވެސް އޭނާ ވަނީ ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު