މީގެ އަހަރެއްހާ ދުވަސް ކުރިން އިންޑިއާގެ އަވަށެއްގައި ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މީހަކު މަރަން ހުކުމްކޮށްފިއެވެ.

މިިދިޔަ އަހަރުގެ އޭޕްރިލް މަސް ތެރޭގައި އެ މީހާ އެ ކުއްޖާ ރޭޕްކޮށް މަރާލިއިރު، އޭނަގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ، ކުޑަކުއްޖަކު މެރިކަމުގެ ދައުވާއާއި، ރަހީނު ކުރުމުގެ ދައުވާއާއި، ރޭޕް ކުރުމުގެ ދައުވާގެ އިތުުރުން، ކުޑަކުއްޖަކަށް ޖިންސީ ގުޅުން ހިންގިކަމުގެ ދައުވާއެވެ.

އެ ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕްކޮށް މަރާލުމުގެ ކުރިން އެ ކުއްޖާ ވަނީ ކިޑްނެޕްކޮށްފައެވެ. އެ ކުއްޖާ ކިޑްނެޕްކޮށްފައި ވަނީ މިދިޔަ މާރިޗް މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ ކުއްޖާ ކިޑްނެޕްކޮށް، އޭނާ ރޭޕްކޮށް މަރާލި މީހާގެ ގޭގައި ގެންގުޅުނުއިރު، އެ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ހިފާފައި ހުރި ގެއަކަށް ގެންގޮސް ވަނީ އެ ކުއްޖާ އަންދާލާފައެވެ.

އެ ކުއްޖާ އަންދާލުމުގެ ކުރިން ވަރަށް ބޮޑަށް އޭނާއަށް އަނިޔާކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެކަން ފުލުހުންނަށް އެނގުނީ އޭގެ އަނެއް ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު