ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ އެއް ތަރިއަކީ އައިމިނަތު ރަޝްފާ (އާޝާ)އެވެ. ޓިކްޓޮކްގެ ތެރެއިން ދިވެހިންގެ މެދުގައި މަގުބޫލު ކަން ހޯދި، އަދި ފަހުން ދިވެހި ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާއަށް ނުކުތް އާޝާއަކީ އެހެން ތަރިންނާ ތަފާތު ފަންނާނެކެވެ.

އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ކޮންމެ އަހަރަކު ހެން ލަވައެއް ނެރެއެވެ. އެއީ އަމިއްލައަށް ޕްރޮޑިއުސްކޮށް އަދި އެކްޓު ވެސް ކުރާ ލަވަތަކެކެވެ.

އާޝާގެ އުފަން ދުވަހާ ދިމާކޮށް މިދިޔަ ސެޕްޓެމްބަރު 16 ވަނަ ދުވަހު ނެރުނު "ޝިކާރަ" ލަވަ ޔޫޓިއުބްގައި އާންމު ކުރިތާ އަދި ހަފްތާއެއް ނުވެއެވެ. އެކަމަކު، މިހާތަނަށް އައިއިރު، އެ ލަވަ 46،000 އަށް ވުރެ ގިނަ ފަހަރު ވަނީ ބަލައިފައެވެ.

މިއީ މި ފަހުން ދިވެހި ލަވައަކަށް މިހާ ކުރު މުއްދަތުގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ލިބުނު ފުރަތަމަ ފަހަރެވެ.

އާޝާއާ އެކު މި ލަވަ އިން ފެނިގެން ދަނީ އަހުމަދު އީސަ (އާނަންދު)އެވެ. ޔޫޓިއުބްގެ އިތުރުން ފޭސްބުކް އަދި ޓިކްޓޮކްގައި ވެސް މިދުވަސްކޮޅު މުޅިން ހެން އޮތީ ލަވައިގެން މަންޒަރުތަކެވެ.

މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި ޝަލަބީ އިބްރާހީމްގެ އަޑުން ހުށަހަޅައިދީފައިވާ އެ ލަވައިގައި ދެ ތަރިންގެ ފަރާތުން ފެނުނު ހުނަރަށް އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ލަވައިން ދައްކުވައިދެނީ އެންމެ ގާތް ރަހްމަތްތެރިއާއަށްޓަކައި ބަދަލެއް ހިފުމުގެ ގޮތުން މަކަރުވެރިކަން އިސްކޮށް އަންހެނަކު ފިރިހެނެއްގެ އިހުސާސްތަކާ ކުޅެލި ގޮތެވެ.

މި ލަވައިގެ ގިނަ މަންޒަރުތަކެއް ނަގާފައި ވަނީ ކ. މާފުށީގެ އިތުރުން ހުޅުމާލޭގައެވެ.

މިއީ އާޝާ ޕްރޮޑިއުސްކޮށް، އެކްޓްކޮށްފައިވާ ދެ ވަނަ ލަވައެވެ. މިދިޔަ އަހަރުގެ އުފަން ދުވަހު ނެރުނީ "ގުނަމުން މިދާ"އެވެ. މި ލަވައަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބުނު އިރު، އެ ލަވައިގައި ވެސް އާޝާގެ ހުނަރު ފެނިގެން ގޮސްފައިވެއެވެ.

އާޝާގެ ފަހުގެ ލަވައިން ގިނަ ބައެއްގެ ހިތް ވަނީ "ޝިކާރަ" ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޅަބޭ

    އާޝާ ކޮން ދުވަހަކު ބުރުގާއަޅާފަ ބާލާނީ....؟!

    36
    6
  2. Anonymous

    ހިތްތައް ޝިކާރަ ވީ ހަމަ އެފަދަ ލަދެއް ހަޔާތެއް ނެތް ޙަރާމްކަން ބޮޑު"ލަހްވަލް ޙަދީޘް" އަށް ލޯބިކުރާ މީހުންގެ. ދެން އެފަދަ ގޮތްގޮތަށް ހަޑި މުޑުދާރު ވެ އޮރިޔާން ވީވަރަކަށް އެޒާތުގެ އެހެން މީހުންގެ ލައިކްސް ލިބޭނެ. އެމީހުންނަށް ތަބާވެ ފޮލޯކުރާނެ. އަމުދުން އޮރިޔާންކަން ބޮޑުވީވަރަކަށް ގިނަ ފޮލޯވަރުން ވާނެ. މޭބީ 100މިލިޔަން. ނޮޓް އަ ބިގް ޑީލް. އެކަމަކު ހަނދާން ބަހައްޓާތި. ނަތީޖާޔަކީ ބިލިޔަނުން ފާފަ އުފުލަންޖެހުން

    71
    5
    • ޙެހެ

      ހަރަމް ޕޮލީސް ނިކުތީދޯ
      މިކި އަފގަނިސްތާނެއް ނޫނެ ކޮއެފުޅަ
      ނުބެހެ ކަންކަމާ ނުބެހޭ

      8
      66
      • ޙަހަ

        ކަލޭތީކާކު؟ ރަށައްދޭބަލަ..

  3. Anonymous

    މިކަހަލަ މީހުން ޓެޓޫ ނުޖަހާތީ މަ އަޖައިބުވަނީ. ޓެޓޫ ނުޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެގޮތަކީ ޢައިރު މުސްލިމުން ކޮއްލާ ކޮންމެ ކަމެއް ކޮއްލާ. އެމީހުން ކޮއްލާ ކޮންމެ ހަރަކާތެއް އެބަކުރޭ. "ތިމާގެ އަމިއްލަ އެދުން އެއީ ތިމާގެ ކަލާނގެ ކަމުގާ" ބަލައިގެނެއް ނޫންތޯ އެ އުޅެނީ....

    40
    5
    • ހުސޭނުބޭ

      ކިހިނެއް އެގެނީ ތިޔެއްވެސް ނުޖަހާކަން! ސަހަރު ގޮތަކަށް ނޫްނވިއްޔާ އުޅެނީކީ

      12
      2
  4. މ

    ލަވަ ރީތި އެކަމް ވީޑިއޯ ކަމަކު ނުދޭ. ލަވަ ރީތި ވީ ލަވަކިޔުންތެރިންގެ ސަބަބުން

    7
    8
  5. ޝިކާރަ

    ޝިކާރަ ވީ އެތީގެ ބޮޑުކަމުން ނެތް އެވާހަކަ މިތާ ދެއްކޭކައް.. ވަރަށް ސަލާމޭ..

    7
    1
  6. ކޮޕީ

    އަމިއްލަ ރާގެކޯ.. ވޭރިއޭޝަން ބަދަލުކޮށްލާފަ.. ތި ހަމަ މަޑާ 2 ގެ ހާލެ ދިލް..

  7. ހާލުފޮޅި

    މިދެން ކާކުތަ؟؟؟ ލޮލް