އިންޑިއާގެ ދިއްލީގައި އެއް އާއިލާއެއްގެ 11 މެންބަރަކު މަރުވެފައިވާ ތިއްބާ ފެނިއްޖެއެވެ.

އިންޑިއާ ފުުލުހުން ބުނީ، މަރުވެފައި ތިއްބާ ފެނުނު މީހުންގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި، ހަތަރު ފިރިހެނުން ކަމަށެވެ. މި މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ދެ ބުރީގެ ގެއަކުންކަމަށްވެސް ފުލުހުން ބުންޏެވެ.

"ބައެއް މީހުން މީހުން މަރުވެފައި ތިބީ ކަރުދަން ޖެހިގެން. އަދި އަނެއް ބައި މީހުން މަރުވެފައި ތިބިއިރު، އެ މީހުންގެ ލޮލުގައި ފޮތި އަޅާ ބަންދުކޮށްފައިވާއިރު، ފަޔާއި އަތްވެސް އޮތީ ބަދެފައި" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހުން މަރުވެފައިކަމަށް ބެލެވެނީ އަމިއްލައަށް ކަމަށެވެ. އަދި އެ މަރުގެ ފަހަތުގައިވާ ސިއްރުތައް ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުގައި ސީސީޓީވީ ފޫޓޭޖް ބަލާފައިވާއިރު، މަރުވެފައި ތިބި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. މިހާރު އެ މީހުންގެ ހަށިގަނޑުތައް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ އެ އާއިލާއިން ހިންގަމުން އަންނަ ފިހާރަ އާއްމުކޮށް ހެނދުނު 6:00 ޖަހާއިރު ހުޅުވާއިރު، އެ ދުވަހު ނުހުޅުވުމުން އަވައްޓެރިއަކު އެގެއަށް ގޮސް ބެލިއިރު، އެގޭގެ ބޮޑު ދޮރު ވަނީ ހުޅުވާފައެވެ. އޭނާ ވަނީ އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

އެ އަވައްޓެރިޔާ ބުނިގޮތުގައި، އެ މީހުން އަމިއްްލައަށް މަރުވާނެކަމަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަވިޔަނި

    ޢާންމު މީހާއަށްވުރެ ފުލުހުން މޮޔައީ ދޯ؟