އިންޑިއާގެ ބިހާރްގެ މުޒައްފަރް ޕޫރްގައި ފިރިހެނެއްގެ މައްސަލައިގައި ތިން އަންހެނަކު ތަޅާފޮޅާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ސިޓީގެ މޮޓިޖްހީލް ސަރަހައްދުގައި ހުންނަ ޝޮޕިންގ މޯލެއްގެ ތެރޭގައެވެ.

އެ ވީޑިއޯއިން ފެންނަނީ ޒުވާން އެ ތިން އަންހެނުން އެކަކު އަނެކަކުގެ ގައިގައި ތަޅާ މަންޒަރެވެ. އަދި އެ މީހުން ތަޅާފޮޅައި މާރާމާރީ ހިންގަނީ ފިރިހެނެއްގެ މައްސަލައިގައި ކަމަށް ނިއުސް18 އިން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ވީޑިއޯ ފަށަނީ ތިން އަންހެނަކު ތަޅާފޮޅާ ހިސާބުންނެވެ. އަދި ހަތަރު ވަނަ މީހަކު އެ ތަޅާފޮޅުމުގެ ތެރެއަށް ވަދެއެވެ. އަދި ފިރިހެނަކު އެކަން ހުއްޓުވަން އުޅޭ ފަދަ ގޮތަކަށް އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެެވެ.

އަދި ހަތަރު ވަނަ އަންހެން މީހާ އެ މަރާމާރީގެ ތެރެއަށް ވަންނައިރު، އެކަކު އަނެކަކަށް އިސްތަށިގަނޑަށް ދަމާ ތަން އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެކަން ހިނގާދިޔައިރު، އިތުރު ބަޔަކުވެސް އެ ސަރަހައްދުގައި އުޅުނުއިރު، ވީޑިއޯ އާއްމުވެފައި ވަނީ އެ ސަރަހައްދަށް އެއްވި މީހަކު އެ ވީޑިއޯ ނަގައި އާއްމު ކުރުމުން ކަމަށް ވއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެއް ނުވެއެވެ. ފުލުހުން ބުނީ، އެފަދަ މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށެވެ.