ސްރިީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޮކާ ޑީ ސިލްވާ އިންޑިއާގަައި ޝޯވއެއް ދޭން ފުރުސަތު ލިބިއްޖެއެވެ.

އޭނާގެ އަޑުން އިވުނު”މަނިކެ ހިތޭ”ގެ ލަވައަށް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައެވެ. ހާއްސަކޮށް އިންޑިއާ އާއި އެމެރިކާގައި މި ލަވަ ވަރަށް މަގުބޫލެވެ.

މިހާރުވެސް 100 މިލިއަން ވިއުސް ލިބިފައިވާ ޔޮހާނީގެ މި ލަވައާއެކު އޭނާއަށް އެތައް ފުރުސަތެއް އޮހެމުންދާއިރު، އޭނާއަށް އިންޑިއާގައި ޕާފޯމް ކުރުމަށް ފުރުސަތު ދިނީ ޒީންނެވެ. ޒީ އެންޓަޓެއިންމެންޓް އާއި ޒީ ލައިވް އިން އޭނާއަށް ފުރުސަތު ދީފައިވާއިރު، ޔޮހާނީ ވަނީ މީގެ ކުރިންވެސް އިންޑިިއާގައި ޕާފޯމްކޮށްފައެވެ.

ޔޮހާނީއަށް މިފަހަރު ލިބުނު ފުރުސަތަކީ މަނިކޭ ހިތޭ ލަވަ އިންޑިއާގައި ކިޔަން ލިބުނު ފުރުސަތެއް ކަމަށް ރިޕޯޓްތައް ބުނެެއެވެ.

ޔޮހާނީ ބުނީ އޭނާ ނިއުދިއްލީ އާއި ހައިދަރްއާބާދުގައި ޕާފޯމް ކުރާނެ ކަމަށާއި، އޭނާ ދާނީ ޓީމާއި އެކުގަައި ކަމަށެވެ. ނުވަ މެންބަރުން އެކުލެވޭ އެ ޓީމް މި މަހު 30 ވަނަ ދުވަހު ގުގުރާމްގައި ޕާފޯމްކުރާއިރު، ހައިދަރްއާބާދްގައި ކުރާނީ އަންނަ މަހުގެ ތިން ވަނަ ދުވަހެވެ.

މި އަހަރުގެ މޭއި މަހުގެ ތެރޭގައި ނެރުނު މަނިކޭ މަގޭ ހިތޭ ލަވައިގެ ޔޮހާނީ ކިޔާފައިވާ ވާޝަންއަކީ މިހާތަނަށް އޭނާގެ އެންމެ މަޝްހޫރު ލަވައެކެވެ. އެ ލަވައަށް ލިބުނު ތަރުހީބު ބޮޑުކަމުން އެ ލަވައިގެ އެތައް ވާޝަނެއް މިހާރު އޭނާގެ އަޑުންވެސް ނެރެފިއެވެ. އަދި އިތުރު އެތައް ވާޝަނެއް އެކި މީހުންގެ އަޑުން ވަނީ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު